Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރެޖިސްޓްރާ ކުންފުނި އުވާލުން

ރެޖިސްޓްރާއަށް ލިބިގެންވާ ބާރުގެ ދަށުން 4924 ކުންފުނި އުވާލައިފި

އަހަރީ ފީ ނުދައްކާ ކުންފުނިތައްވެސް އުވާލުމުގެ ބާރު ލިބިގެންވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޖުލައި 2020 | ހުކުރު 03:15
ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް- ރެޖިސްޓްރާއަށް ކުންފުނި އުވާލެވޭ ޙާލަތްތައް ޤަވާއިދުގައި ބަޔާންކޮށްފައިވޭ

ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް- ރެޖިސްޓްރާއަށް ކުންފުނި އުވާލެވޭ ޙާލަތްތައް ޤަވާއިދުގައި ބަޔާންކޮށްފައިވޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ ރެޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން 4924 ކުންފުންޏެއް އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުންފުންޏާ ބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން 4924 ކުންފުނި އުވާލާފައިވާ ކަމަށެވެ. އެގޮތުން ކުންފުނިތައް އުވާލާފައިވަނީ ކުންފުނި އުވާލުމުގައި ޢަމަލުކުރާ ގޮތް ބަޔާންކުރާ ގަވާއިދު (ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހުކަން ވެސް މިނިސްޓްރީން ބަޔާން ކޮށްފައިވެއެވެ.

މިނިސްޓްރީން ވަނީ އުވާލާފައިވާ ކުންފުނިތަކުގެލިސްޓުގެޒެޓުގައި ޝާއިއުކޮށްފައެވެ.

ކުންފުންޏާ ބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން ކުންފުނި ރަޖިސްޓްރީ ކުރިތާ އަހަރެއް ވެގެން ދާއިރުވެސް ކުންފުނިން ކުރަން ކަނޑައަޅާފައިވާ އެއްވެސް ވިޔަފާރިއެއް ކޮށްފައި ނުވުމާއި، ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރާތާ 2 އަހަރު ވެފައިވާނަމަ ކުންފުންޏެއް އުވާލުމުގެ ބާރު ރަޖިސްޓްރާ އަށް ލިބިގެންވެއެވެ.

އޭގެ އިތުރުން، އަހަރީ ފީ ނުދައްކާ ކުންފުނިތައް ވެސް އުވާލުމުގެ ބާރު މި ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ރަޖިސްޓްރާއަށް ލިބިދީފައިވެއެވެ.

ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތައް އުވާލެވޭ 3 ގޮތެއް އޮވެއެވެ. އެއީ ކުންފުނި އުވާލުމަށް އެ ކުންފުންޏަކުން އަމިއްލައަށް ކަނޑައެޅުމާއި، ކުންފުނި އުވާލުމަށް ކޯޓަކުން އަމުރެއް ނެރުމާއި، ކުންފުނި އުވާލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ނިންމެވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 783.5 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 783.5 މިލިއަން ރުފިޔާ ދޫކޮށްފި

05 ސެޕްޓެމްބަރު 2020
ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

01 ސެޕްޓެމްބަރު 2020
މީރާއިން ޖީއެސްޓީ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފި

މީރާއިން ޖީއެސްޓީ ޤާނޫނުގެ ދަށުން ހުށައަޅަންޖެހޭ 2 ބަޔާނަކަށް ބަދަލު ގެނެސްފި

08 ޖުލައި 2020
ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި

ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 45 މިލިއަން ރުފިޔާ ދޫކޮށްފި

05 މެއި 2020
މާޗް މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރިވަރަށް ވުރެ 20.3 އިންސައްތަ ދަށުން!

މާޗް މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރިވަރަށް ވުރެ 20.3 އިންސައްތަ ދަށުން!

13 އެޕްރީލު 2020

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު