Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދައުލަތުގެ އާމްދަނީ

މާޗް މަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރިވަރަށް ވުރެ 20.3 އިންސައްތަ ދަށުން!

13 އެޕްރީލު 2020 | ހޯމަ 08:08

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން ރުފިޔާ

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2020 | ހޯމަ 08:08
މާލޭ ވިޔަފާރި ބަނދަރު

މާލޭ ވިޔަފާރި ބަނދަރު

މި އަހަރުގެ މާޗް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން ރުފިޔާ ކަމަށާއި، މިއީ އަންދާޒާ ކުރި ވަރަށް ވުރެ 20.3 އިންސައްތަ ދަށް ޢަދަދެއް ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ފައިސާ އަށް ވުރެ، 26.9 އިންސައްތަ ދަށް ޢަދަދެކެވެ. ޢާމްދަނީ ދަށްވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމާއި ގުޅިގެން ޓެކްސްގެ ސުންގަޑިތަކަށް ބަދަލު އައިސްފައި ވުމުންނާއި، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ޢަދަދު ދަށްވުމުގެ ސަބަބުން ކަމަށް މީރާ އިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ 11.1 އިންސައްތަ ދަށަށް ގޮސްފަ އެވެ.

މާޗް މަހު ލިބުނު ޢާމްދަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 637.67 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު 131.64 މިލިއަން ރުފިޔާ އެވެ.

އިތުރަށް ލިބިފައިވާ ޢާމްދަނީގެ ޢަދަދުތަކަށް ބަލާއިރު، ބީޕީޓީގެ ގޮތުގައި ވަނީ 81.38 މިލިއަން ރުފިޔާ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 74.04 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 128.68 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ވަނީ ހާމާކޮށްފައެވެ. ދައުލަތަށް ޢާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ އިޤުތިޞާދީ ހީނަރުކަމާއި ގުޅިގެން ދައުލަތުގެ ޢާމްދަނީ ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އެގޮތުން މި އަހަރުގެ ބަޖެޓު 12 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގެ އިޤުތިޞާދު ދިރާސާކުރާ މާހިރުން ވަނީ އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިއަށް ވުރެ ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދުނިޔޭގެ ޙާލަތު ރަނގަޅު ވެގެން ނޫނީ، ރާއްޖޭގެ އިޤުތިޞާދަށް ހެޔޮ ބަދަލުތަކެއް ނާންނާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް