Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައިދީންގެ އަސާސީ ހައްގުތަކުގެ ގަވައިދު

ބިދޭސީއަކު ޖަލަށް ގެންދާތާ 24 ގަޑިއިރު ތެރޭ މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖައްސަން ޖެހޭ: ކަރެކްޝަންސް

5 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:31

ބޭސް ފަރުވާ ކުރުމުގެ އިންތިޒާމާއި ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް ހަމަޖައްސައި ދޭން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:31
ޖަލު ބެލެހެއްޓުމުގައި ކަރެކްޝަންސްގެ އޮފިސަރަކު ހަރަކާތްތެރިވަނީ

ޖަލު ބެލެހެއްޓުމުގައި ކަރެކްޝަންސްގެ އޮފިސަރަކު ހަރަކާތްތެރިވަނީ

ޖަލުގައި ބަންދުކޮށްފައިވާ ގައިދީއަކީ ނުވަތަ ބަންދުކޮށްފައިވާ މީހާއަކީ ބިދޭސީއެއް ނަމަ، ޖަލަށް ގެންދާތާ 24 ގަޑިއިރުގެ ތެރޭގައި އޭނާ އަށް މުއާމަލާތް ކުރެވޭ ގޮތް ހަމަޖައްސައިދޭ ގޮތަށް ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްކާއި އިނާޔަތްތަކުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

އެ ގަވާއިދުގެ 21 ވަނަ މާއްދާގެ ހ ގައިވާ ގޮތުން ރާއްޖޭގައި ގާއިމުކޮށްފައިވާ، ބިދޭސީ މީހަ ނިސްބަތްވާ ގައުމުގެ ހައިކޮމިޝަނާ ނުވަތަ އެމްބަސީއާ މުއާމަލާތު ކުރަން ފަސް މިނެޓުގެ ފޯނު ކޯލެއް ދޭންވާނެއެވެ.

Advertisement - newsAdvertisement

އެ ގަވާއިދު އެކުލާވާލުމުގެ މަގްސަދެއް ކަމަށް ކަރެކްޝަނުން ބުނެފައިވަނީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ދޭންޖެހޭ އެންމެހާ އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ ހިދުމަތްތައް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުމެވެ.

އައު ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާހަނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.

ބޭސް ފަރުވާ ކުރުމުގެ އިންތިޒާމާއި ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް ހަމަޖައްސައިދިނުންވެސް ގަވައިދުގައި ހިމެނެއެވެ. އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ޔުނީފޯމާއި އެހެނިހެން އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމާއި، މުޖްތަމައުއަށް އަނބުރާ ގެނައުމަށްޓަކާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމް ހަމަޖެއްސުން ކަރެލްޝަންގެ މައްޗަށް ލާޒިމް ކުރެއެވެ.

އާއިލާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ފޯން ކޯލް ދިނުމާއި އާއިލީ ބައްދަލުވުން މަދުވެގެން މަހަކު އެއް ފަހަރު ދެ ގަޑިއިރަށް ދިނުމާއި، އެކަހެރި ބައްދަލުވުން މަހަކު އެއް ފަހަރު، ކޮންމެ ފަހަރަކު 24 (ސައުވީސް) ގަޑިއިރަށް ދިނުން ވެސް ހިމެނެއެވެ. ކަރެކްޝަންސްގެ އައު ގަވައިދު ބުނާ ގޮތުން އާއިލީ ބައްދަލުވުން ވީޑިއޯ ކޯލް މެދުވެރިކޮށްވެސް ކުރިއަށް ގެންދެވޭނެ އެވެ.

އެ ގަވާއިދުގެ ދަށުން ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ފޯރުކޮށްދިނުމާއި މަސައްކަތްކުރާ ގައިދީންގެ އުޖޫރައަށް ބަދަލުގެނެއުން އަދި ޖަލުގައި ބަންދުކުރެވޭ ފަރާތްތައް ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަން ނިދުމަށް ކަނޑައަޅާފައިވާ ގަޑި ފިޔަވައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލިކުރުމާއި ވައި ދައުރުވާގޮތަށް ވެންޓިލޭޝަން ކަރެކްޝަނުން ފޯރުކޮށްދޭން ޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް