Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ހަށިކޮޅު ހުޅުޖަހަން ގޮވާލުން

ޗެނަލް 13އިން ރައީސްގެ ހަށިކޮޅަށް ގެއްލުންދޭ ވާހަކަ ގެނައީ ގަސްތުގައި، ބަހަނާ ދައްކައި ބަޔާން ނެރެ ރައްޔިތުން ގުނބޯ ނުހެއްދޭނެ: ޑރ. އިޔާޒް

5 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:22

ޗެނަލް13 އަކީ ރައްޔިތުން ތެރޭގައި ބިރުވެރިކަން އުފައްދައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ތަނެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 08:22
ޑރ. މުހައްމަދު އިޔާޒު

ޑރ. މުހައްމަދު އިޔާޒު

ޗެނަލް 13އިން ރައީސްގެ ހަށިކޮޅަށް ގެއްލުންދޭ ވާހަކަ ގެނައީ ގަސްތުގައިކަމަށާއި ބަހަނާ ދައްކައި ބަޔާން ނެރެ ރައްޔިތުން ގުނބޯ ނުހެއްދޭނެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޕީޕީއެމްގެ ސަޕޯޓަރެއް ޗެނަލް13 ގެ ޕްރޮގްރާމެއްގައި ގޮވާލާފައިވާއިރު މީހުން މެރުން، މާރަމާރީ، ޓެރަރިޒަމް ލޭއޮހޮރުވުން ފަދަ ޖަރީމާތައް މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމަށް ދޭހަވާ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓް ގައިވެއެވެ. ޗެނަލް13 އިން ބުނީ އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް13 އިން ވަނީ މައާފަށް އެދިފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ ޗެނަލް13 އަކީ ރައްޔިތުން ތެރޭގައި ބިރުވެރިކަން އުފައްދައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ތަނެއްކަމަށާއި ޕްރޮގްރާމްގައި ދައްކާފައިވަނީ ދީނާ ހިލާފު ވާހަކައެއްކަމަށެވެ. އަދި ދީނާ ހިލާފު އެއްވެސް ވާހަަކައެއް ނުދެއްކޭނެކަން ފާހަގަކޮށް ޑރ އިޔާޒް ވިދާޅުވީ ޕްރޮގްރާމް ހުށަހަޅަން އިން ޕްރެޒެންޓަރު ވަގުތުން އެކަން ހުއްޓުވައި ބެލުންތެރިންގެ ކިބައިން އެކަން ހިނގައިދިޔައީތީ މާފަށް އެދެން ޖެހޭނެކަމަށެވެ. ނަމަވެސް އެމަންޒަރުގެ ބަދަލުގައި އަޑުއިވިގެންދިޔައީ އެ ޕްރެޒެންޓަރ އެ ގޮތަށް ވާހަކަ ދެއްކީތީ ޝުކުރު އަދާކޮށް ޕްރޮގްރާމަށް ގުޅައި ވާހަކަ ދެއްކީތީ އުފާވެފައި އިން މަންޒަރުކަމަށެވެ.

ރައްޔިތުން ކިބައިން ޗެނަލް 13އިން މާފަށް އެދެން ނެރުނު ބަޔާނާއި ގުޅޭ ގޮތުން ޑރ. އިޔާޒު ވިދާޅުވީ އެއީ އާންމުންގެ ޕްރެޝަރާއި ހުރެ ނެރުނު ބަޔާނެއްކަމަށެވެ. ހަގީގަތުގައިވެސް ގަސްތުގައި ކުރި ކަމެއް ނޫންކަމެއް ނަމަ ބަޔާން ނެރޭނީ މީސް މީޑިއާގައި އެކަން ކުށްވެރިކޮށް ވައިރަލް ވުމުން ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ޑރ. އިޔާޒް ވަނީ ޓުވީޓުވެސް ކުރައްވާފައެވެ. އެގޮތުން، ޗެނަލް13 އަކީ ވަރަށް ގިނަ ދިވެހިންގެ އަބުރު ކަތިލާފައިވާ ފިތުނަ ފަސާދަ އުފެއްދުމުގެ ބޮޑު އައްޑާއަކަށް ވެފައިވާ ތަނެއް ކަމަށާއި އެތަނާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.

އަދި އަނިޔާވެރިކަމަކީ ﷲ އާއި ރަސޫލާ ހަރާމްކުރައްވާފައިވާ ކަމެއްކަމަށާއި އެފަދަ ކަންތައްތަކަށް ގޮވާލާ ހިއްވަރުދީ ހެދުމަކީ ﷲއާއި ރަސޫލާއަށް ފާޅުގައި ގޮންޖަހައި ފުރައްސާރަކުރުން ކަމަށް ޑރ އިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ އަމަލުތަކަކީވެސް ލާދީނީ ކަންތައްތައް ކަމުގައި އޭނާ ވިދާޅުވިއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިޔާޒް އިތުރަށް ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި އަނިޔާވެރިކަމާއި ހިޔާނާތްތެރިކަން އިންތިހާއަށް އޮތް އިރު އެކަން ޕްރޮމޯޓް ކުރި މީހުންނަކީވެސް ލާދީނީ ބައެއް ކަމަށެވެ. އެގޮތުން، މިހާރުވެސް އެ ޗެނަލުން ކުރަމުން ދަނީ އެކަންކަމަށް ފާހަގަކުރެއްވިއެވެ. އިސްލާމް ދީނާއި ދެކޮޅު ޖަމިއްޔާތަކާއި މެދު ފިޔަވަޅުއެޅުމަށް ޗެނަލް 13އިން ގޮވަމުން އަންނައިރު އަނިޔާވެރިކަން އިސްކުރަން ހިއްވަރުދީ އެފަދަ ކުށްތައް ސާބިތުވެފައިވާ ހިޔާނާތްތެރި އަނިޔާވެރިން ޕްރޮމޯޓްކުރަނީ ކީއްވޭތޯ ވިދާޅުވެ ސުވާލު އުފައްދަވާފައިވެއެވެ.

އެގޮތުން، ޑރ އިޔާޒް ވިދާޅުވީ އެފަދަ ފަރާތްތަކަކީ ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއް ބަޔަށް ކާފަރުވާ މީހުންކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
05 އެޕްރީލު 2017

ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި

05 އެޕްރީލު 2017
ޓީވީއެމްއާއި ޗެނަލް 13 އާ ދެކޮޅަށް އަބުރުގެ މައްސަލައެއް އުމަރު ހުށަހަޅުއްވައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް