Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކ

ބޭނުމީ އިންޑިއާ އެކު މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރަން: މަޖިލީސް ރައީސް

4 ސެޕްޓެމްބަރު 2020 | ހުކުރު 15:06

އިންޑިއާ ކަނޑަށް ދިމާވެފައިވަނީ މައިގަނޑު ތިން މައްސަލައެއް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 4 ސެޕްޓެމްބަރު 2020 | ހުކުރު 15:06
ރައީސް ނަޝީދު އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު

ރައީސް ނަޝީދު އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިންޑިއާ ކަހަލަ ދުނިޔޭގެ ބޮޑު ބާރަކާއި އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ލިޔުއްވި ''އިންޑިއާ ވޭ:ސްޓްރެޓެޖީސް ފޯ އޭން އަންސާޓެއިން ވޯލްޑް'' ފޮތާއި ގުޅޭ ގޮތުން ވީޑީއޯ ކޯލް މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.

Advertisement - newsAdvertisement

އެ ފޮތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޑރ. ޝަންކަރުގެ ފޮތުގައި އެންމެ މުހިއްމު ބައެއްގެ ގޮތުގައި ފާހަގަކުރެވުނީ، ''ޕެސިފިކް އިންޑިއާ'' އާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ވާހަކަތައް ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުގެ އިތުރުން ރާއްޖެއަށް މުހިއްމު ކަންތައްތަކަށް އަލިއަޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ކަނޑުލޮނުގަނޑު އުފުލުމުގެ ކަންތައްތަކަށް ކަންބޮޑުވުން ފާޅުކުރައްވާ ނަޝީދު ވިދާޅުވީ، އިންޑިއާ އިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަކީ ރާއްޖެއިން ވަރަށް ބޮޑަށް ތާއިދުކުރާ ސިޔާސަތުތަކެއް ކަމަށެވެ. ވަކިން ހާއްސަކޮށް ނަރެންދްރަ މޯދީގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މޫސުމާއި ދެކޮޅަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެ އެކަނި އަޑު އުފުލުމުގެ ބަދަލުގައި އިންޑިއާއެކު އެ މަސައްކަތް ކުރުން މާ މުހިއްމު ކަމަށެވެ.

އޭގެ އިތުރުންވެސް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދިމާތައް އެބަހުރިކަން އެމަނިކުފާނުި ފާހަގަކުރެއްވިއެވެ. އެގޮތުން މަހުގެ ވިޔަފާރީގެ އިތުރުން ދެ ގައުމު ދޭތެރޭގައި އެއާ ޓްރެވެލް ބަބުލް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވަނީ މައިގަނޑު ތިން ކަމެއް ކަމަށެވެ. އެއީ ޗައިނާގެ ދަރަނި ދަންތުރަ އާއި، ދީނީ ހަރުކަށި ފިކުރުތަކުގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުުުފުލުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް