Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19: ގދ. ހޯނޑެއްދޫ

ގދ.ހޯނޑެއްދޫ މޮނިޓަރިންގ ހާލަތަށް: ފުރަބަންދުން 4 މީހަކު އަދި ރެންޑަމް ސާމްޕްލިންގގެ ތެރެއިން 2 މީހަކު ޕޮޒިޓިވް!

ޖުމްލަ 6 މީހަކު ޕޮޒިޓިވްވެފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2020 | ހުކުރު 04:43
ގދ. ހޯނޑެއްދޫ

ގދ. ހޯނޑެއްދޫ

ރެންޑަމް ސާމްޕްލިނގްގެ ތެރެއިން ދެ މީހަކު ކޮވިޑް-19ށް ޕޮޒިޓްވުމާއި އެކު ގދ. ހޯނޑެއްދޫ މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.

މޮނިޓަރިންގ ހާލަތަށްލައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ކައުންސިލް އިދާރާއަށް އަންގާފައިވާގޮތުން، މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ. އެގޮތުން، ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދައާއި ނުލައި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement - newsAdvertisement

3 ސެޕްޓެމްބަރުގައި ހޯނޑެއްދޫ މޮނިޓަރިންގ ހާލަތަށް ލާފައިވާއިރު، އެޗްޕީއޭއިން ވަނީ ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާކުރަމުން ހޯނޑެއްދޫ ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ޝިފާއު ވިދާޅުވީ، އެންމެ ފުރަތަމަ ރަށުން ޕޮޒިޓިވްވި 4 މީހުންނަކީ ފުރަބަންދު ފުރިހަމަކޮށް ރިލީޒް ސާމްޕަލް ނަގައި ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވި މީހުންކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަށުގެ ހެލްތް ސެންޓަރަށް ހުންއައިސްގެން މީހުން ޑޮކްޓަރަށް ދައްކަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝިފާއު ވިދާޅުވީ 4 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރެންޑަމް ސާމްޕަލް ހެދުމަށް ނިންމިކަމަށެވެ. އެގޮތުން، ކުރި 3 ސާމްޕަލްގެ ތެރެއިން 2 މީހަކު ބައްޔަށް ޕޮޒިޓިވްވިކަމަށެވެ.

ޝިފާއު ވަނީ މި ދަނޑިވަޅުގައި، ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދީ ބަލިން ރައްކާތެރިވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ޖުމްލަ 39 ރަށަކުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، ގިނަަ ރަށްތަކުން ކޭސްތައް ފެނިފައިވަނީ ފުރަބަންދު ރިލީޒް ސާމްޕަލްތައް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މިހާތަނަށް އަމަލުކުރަމުން އަންނަ އުސޫލުތަކަށް ބަލާނަމަ، ރަށެއް މޮނިޓަރިންގގެ ހާލަތަށް ލަނީ ފުރަބަންދުގައި ހުންނައިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ހިލާފުވުމުން އެކަންކަން އިތުރަަށް ބެލުމަށް ނުވަތަ ފުރަބަންދުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށުގައި ބަލި ފެތުރިދާނެ ހާލަތެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު