Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުގައި ވާނުވާ ޖަހާފައި ތިބި މީހުން

"ވާނުވާގެ މައްސަލަތަކަށް ޙައްލެއް އަންނަންދެން މަސައްކަތް ކުރާނަން، އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ބެލެވޭ"

އެކަމުގައި ކުރިއަށްދާނެ މަގުތަކެއް ވަނީ ފެނިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 15:52
ޖޭއެސްސީގެ މެމްބަރުންނާއި ޕީޖީ ހުސައިން ޝަމީމް ބައްދަލު ކުރައްވަނީ

ޖޭއެސްސީގެ މެމްބަރުންނާއި ޕީޖީ ހުސައިން ޝަމީމް ބައްދަލު ކުރައްވަނީ

ޖަލުގައި "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދެވެންދެން އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށާއި، ވަރަށް އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ބެލެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބަންދު މީހުންނާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންނާއި ޕީޖީ ހުސައިން ޝަމީމް ބައްދަލު ކުރައްވާފައިވާއިރު، ބުރާސްފަތި ދުވަހު ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވާނުވާގެ މައްސަލަ ޙައްލުކުރެވޭތޯ "އެކި ދޮރުތަކުގައި ޓަކި ޖައްސަވަމުން" ގެންދަވާ ކަމަށެވެ. އަދި އެކަމަށް ޙައްލެއް އަންނަންދެން މަސައްކަތް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ޖޭއެސްސީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެކަމުގައި ކުރިއަށްދާނެ މަގުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ނަތީޖާ ފެންނާނެ ކަމަށް ބެލެވޭކަމަށް ޝަމީމް ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޕީޖީ ވިދާޅުވީ، މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ބޭފުޅުންނާވެސް ބައްދަލު ކުރައްވާފައިވާނެ ކަމަށެވެ. އަދި އޭރު ވަކި ތާވަލެއްގެ ދަށުން އެފަދަ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނުކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ، މި މައްސަލައިގައި އަލި މަގެއް ފެންނަންދެން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ކޮށްފައިވާ އަމުރު، 30 ދުވަަހުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) މުރާޖަޢާކުރަން ޖެހޭ ގޮތަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްލާޙެއް ގެނެސްފައެވެ. އަދި ވަކި މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަަންދުގައި ބަހައްޓަންޖެހޭ ސަބަަބެއް ނެތްކަމަށް ޕީޖީ އަށް ފެންނަ ހާލަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމާއި އެކު ކޮށްފައިވާ އަމުރު ބާޠިލު ކުރުމަށް ކޯޓަށް ހުށައަޅަން ޖެހޭ ކަމަށް އެ އިސްލާހުގައިވެއެވެ.

އެއާއެކު، ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިންމައި ދިނުމަށް ޕީޖީ އޮފީހުން މީގެ ކުރިންވެސް ވަނީ ކޯޓުގައި އެދިފައެވެ. އަދި މިހާރު ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމައިދިނުމަށް ޕީޖީ ވަނީ ހުށައަޅުއްވާފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު