Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީގެ ރައީސް ހިސާން ހުސައިން

ވަކީލެއްގެ ގޮތުގައި ހިސާންގެ ފުރަތަމަ ތަޖުރިބާ: ޑްރަގް މައްސަލައެއްގައި 21 އަހަރުގެ ޒުވާނަކަށް 21 އަހަރުގެ ޙުކުމެއް އައި ދުވަސް!

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 13:35

އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ބަންޑާރަނައިބުގެ އޮފީހުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 13:35
ޖޭއެސްސީގެ ރައީސް އަދި މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ހުސައިން- ހިސާން ވަނީ ސިޔާސީ ބޮޑެތި މައްސަލަތަކުގައިވެސް ވަކާލާތު ކުރައްވާފައި

ޖޭއެސްސީގެ ރައީސް އަދި މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ހުސައިން- ހިސާން ވަނީ ސިޔާސީ ބޮޑެތި މައްސަލަތަކުގައިވެސް ވަކާލާތު ކުރައްވާފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ހުސައިން އެންމެ ފުރަތަމަ ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވި ދުވަހަކީ ޑްރަގް މައްސަލައެއްގައި 21 އަހަރުގެ ޒުވާނަކަށް 21 އަހަރުގެ ޖަލު ޙުކުމެއް އިއްވި ދުވަސް ކަމަށް ހިސާން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ "އިންސާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ވަނީ ކެރިއަރގެ މުހިއްމު ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކޯޓަކަށް ވަޑައިގެން ވަކާލާތު ކުރެއްވި ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވައި ހިސާން ވިދާޅުވީ، އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ބަންޑާރަ ނައިބުގެ އޮފީހުގައި ކަމަށެވެ. އަދި މަސައްކަތުގެ ގޮތުން ޖިނާއީ މައްސަލަތައް ތަމްސީލު ކުރުމާއި، ދައުލަތުން ދައުވާ ކުރާ މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރަން ވަޑައިގަންނަވަން ޖެހޭކަން ހިސާން ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ، އެންމެ ފުރަތަމަ ކޯޓަށް ވަޑައިގެން ވަކާލާތު ކުރެއްވީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. އެގޮތުން އެ ދުވަހަކީ މައްސަލައިގައި ދައުވާ ލިބޭ 21 އަހަރުގެ ޒުވާނަކަށް 21 އަހަރުގެ ޖަލު ޙުކުމެއް އިއްވިގެން ދިޔަ ދުވަހެއްކަން ފާހަގަ ކުރައްވައި ހިސާން ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއް އެ ދުވަހު ވެސް ފާހަގަ ކުރެވިގެން ދިޔަ ކަމަށެވެ.

އެގޮތުން އޭރު މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލު ކުރަމުން ދިޔަ ޤާނޫނީ އުސޫލުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ކުދިން "ބަނދެވިގެން" ތިބެން ޖެހުމުގެ ކަންބޮޑުވުން ހިސާން ފާހަގަ ކުރެއްވިއެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ކުރިން ވަކާލާތު ކުރެއްވި ބައެއް ކޭސްތަކާ ގުޅިގެން ބޮޑެތި "ޕްރެޝަރ"ތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އޭރު ދައުލަތުގެ މުއައްސަސާތަކުގެ ނިޒާމުގެ ތެރެއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަ ކުރައްވައި ހިސާން ވިދާޅުވީ، އޭރު ބޮޑެތި ގޮންޖެހުންތަކާއި، އިންޒާރުތައް ވެސް ލިބިވަޑައިގަތް ކަމަށެވެ. އެގޮތުން ބިރު ދެއްކުމާއި، މަސައްކަތް ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކުގެ އިތުރުން، ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް ތަކުރާރުކޮށް ލިބެމުން ދިޔަކަން ހިސާން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ލިބިވަޑައިގަތް އިންޒާރުތަކެއްކަން ހިސާން ވިދާޅެއް ނުވެއެވެ.

ހިސާން އެހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ނުޙައްޤުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހިސާން ވަނީ ވަކާލާތު ކޮށްދެއްވާފައެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާ އެއްކަން އޭރު ކޯޓުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މިނިވަން ވެވަޑައިގެންފައެވެ.

އޭގެ އިތުރުން، ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި ވެސް ހިސާން ވަނީ އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަކީލުންގެ ޓީމުގެ އިސް ވަކީލުކަން ކުރައްވާފައެވެ. އަދި މި މައްސަލަ ވެސް އޭރު ވަނީ ކާމިޔާބު ކުރައްވާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް