Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލުފުށީ ޖަލްސާ

ވަޒީފާ ދީގެން އެމްޑީޕީ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދޭތޯ މަސައްކަތްކުރި: ޝިފާޒް

16 އެޕްރީލު 2017 | އާދީއްތަ 03:51

ނުހައްޤު އިލްޒާމް އަޅުވައިގެން ބިރުދައްކަންވެސް ފެށި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އެޕްރީލު 2017 | އާދީއްތަ 03:51
ތ ވިލުފުށީގައި ޝިފާޒް ވާހަކަ ދައްކަވަނީ

ތ ވިލުފުށީގައި ޝިފާޒް ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދޭތޯ ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާގެ ފުރުސަތު ހުޅުވާލި ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ އެމްޑީޕީން ތ އަތޮޅު ވިލުފުށީގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ކުރިއަށް މިއޮތް އިންތިޚާބުގައި 500 އެއްހާ ކެނޑިޑޭޓުން އެމްޑީޕީން ވާދަކުރަން ނިންމުމާއެކު އެ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދާނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެއްގޮތަކީ އެމީހުންނަށް ވަޒީފާއެއް ދީގެން ނަން އަނބުރާ ގެންދޭތޯ މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ހުރިހާ ރަށަކަށްވެސް ރައީސް ޔާމީންގެ ފެކްޝަނުން ގުޅިކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާ ކަމަށެވެ.

އެހެން ނުކުރެވުމުން ޝިފާޒް ވިދާޅުވިގޮތުގައި ދެން ފެއްޓެވީ ތަފާތު ނުހައްގު އިލްޒާމްތައް އަޅުވާ ނާއިންސާފް ޝަރީޢަތް ހިންގައިގެން ކެނޑިޑޭޓަކު ފްރޭމް ކުރުމުގެ މަސައްކަތް ކުރަން ކަމަށެވެ.

"އަޅުގަނޑުމެން ތެރެއަކުން ނުފެނުނު އެއިން ވަޒީފާއެއްގެ ބޭނުމުގައި ނަން އަނބުރާ ނަގާނެ ކެނޑިޑޭޓެއް. ދެން ކުރިމަތި ކުރުވީ މުޅިން އެހެން ކަމެއް. އެމީހުންގެ ބޮލުގައި ނުހައްގު އިލްޒާމްތައް އަޅުވައިގެން ނާއިންސާފް ޝަރީއަތެއް ހިންގައިގެން ހުކުމެއްކޮށްގެން އަދަބެއް ދިނުން ނޫންނަމަ ފްރޭމް ކުރުން،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ގެނައުމަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެކަމަށާއި ރާއްޖޭގެ ކޮންމެ ރަށަކަށް ދިއުމުންވެސް ފެންނަ އެއް ހަޤީގަތަކީ ރާއްޖޭގެ ރައްޔިތުން މި ސަރުކާރަށް ނޭދޭކަން ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރައީސް މައުމޫނަށް ތާއީދު ކުރާ ކެނޑިޑޭޓުން ކުރިމަތިލުމުން އެފޯމްތައް ރިޖެކްޓްކޮށް ރައީސް ޔާމީންގެ ދަރުބާރު ފެކްޝަންގެ މީހުންނަށް ޓިކެޓް ދިން ކަމަށާއި ނަމަވެސް އެމީހުންނަކަށް ރަށްރަށުން ތާއީދު ނުކުރާ ކަމަށެވެ.

"އެވާހަކަތައް އަޅުގަނޑުމެން ދައްކާތީ ރައީސް ޔާމީން މިއިންތިޚާބު ނުބާއްވަން މިއުޅެނީ. ކޮންމެފަދަ ހާލަތެއްގައި ކޮންމެ ދުވަހަކުން ބޭއްވިއަސް ލޮނދި ހިކައެއް ދަމާލާހެން މިއިންތިޚާބު ކާމިޔާބު ކުރާނަން" ޝިފާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް