Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަލުގައި ތިބި ޠާލިބާނުން

އަފްޣާނިސްތާނުން ޠާލިބާނުގެ 200 ގައިދީން ޖަލުތަކުން މިނިވަންކޮށްފި

200 ތާލިބާނުންނަކީ ކާބުލްގެ މައި ޖަލުގައި ތިބި ގައިދީންތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 11:40
ޠާލިބާނުން މިނިވަން ކުރުމަށް ކުރިޔަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ޠާލިބާނުން މިނިވަން ކުރުމަށް ކުރިޔަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން | ރޮއިޓަރސް

އަފްޣާނިސްތާނާއި ޠާލިބާނާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް މަގުފަހި ކުރުމުގެ ގޮތުން އަފްޣާނިސްތާނު ޖަލުތަކުގައި ތިބި ޠާލިބާންގެ 200 އެއްހާ ގައިދީން މިނިވަން ކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނާއި ޠާލިބާނުންގެ މެދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލާ ސުލްހައިގެ ވާހަކަތައް އިތުރަށް ކުރިޔަށް ގެންދިޔުމަށް މިވަގުތު އެޅިފައިވާ ހުރަހަކީ އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި 400 ހާޑްކޯރ ތާލިބާނުން އަފްޣާނިސްތާނު ސަރުކާރުން މިނިވަން ނުކުރުމެވެ.

ޖަލުން މިނިވަން ކުރި 200 ތާލިބާނުންނަކީ ކާބުލްގެ މައި ޖަލުގައި ތިބި ގައިދީންތަކެއް ކަމަށާއި އެމީހުން މިނިވަން ކޮށްފައިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޠާލިބާނުން ހައްޔަރުކޮށްގެން ގެންގުޅޭ އަފްޣާން ގެ ސްޕެޝަލް ފޯސްގެ ހަ މީހަކުވެސް ޠާލިބާނުން މިނިވަން ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ސީނިއަރ އޮފިޝަލަކު ވިދާޅުވެފައިވަނީ ގައިދީން ބަދަލުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމާ ސުލްހައިގެ ވާހަކަތައް ފަށަން ބޭނުންވާ ކަމަށެވެ.

ގައިދީން ބަދަލުކުރުމުގެ މި މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

400 ގައިދީންނަކީ މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި ޠާލިބާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލަންޖެހޭ 5000 ގައިދީންގެ ތެރެއިން މިހާރު ބާކީތިބި ގައިދީންނެވެ. އެމީހުން ދޫކޮށްލުމަކީ އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށް ޝަރުތުކޮށްފައިވާ ކަމެކެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ މި 400 ޠާލިބާނުން މިނިވަން ކުރުމަށް ފަސްޖެހިފައެވެ. އެއީ ނުރައްކާތެރި ހަމަލާތަކެއް ދިނިމުގެ ފަހަތުގައި މި މީހުން ތިބި ކަމަށް ބުނެއެވެ.

ގައިދީން މިނިވަން ކޮށްފައި މިވަނީ ތާލިބާނުން އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށް ދޭ ހަމަލާތައް އިތުރުވެފައި ވަނިކޮށެވެ.

ފެބްރުއަރީ މަހު އެމެރިކާ އާއި ޠާލިބާނާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން މިހާތަނަށް އައިއިރު އަފްޣާނިސްތާނުގެ ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް ހާހެއްހާ މީހުން ޠާލިބާނުން ދިން ހަމަލާތަކުގައި މަރުވެފައިވާ ކަމަށް އދ އާއި އެގައުމުގެ ސަރުކާރުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
19 މެއި 2017

މޫސަލް ދޫކޮށް 200،000 އެއްހާ މީހުން ދާނެކަމަށް ބެލެވޭ:އދ

19 މެއި 2017
މޫސަލް ދޫކޮށް 200،000 އެއްހާ މީހުން ދާނެކަމަށް ބެލެވޭ:އދ
09 މެއި 2017

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
16 އެޕްރީލު 2017

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

16 އެޕްރީލު 2017
އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު