Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ޙައްޖަށް ގެންދިޔުމަށްޓަަކައި ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އަނބުރާ އެފައިސާ ދޭން ނިންމައިފި

2 ސެޕްޓެމްބަރު 2020 | ބުދަ 06:33

ފީ ލިބިދިނުމަށް ޢަމަލު ކުރާނެ ގޮތްތައް އެ ކުންފުނިތަކަށް އަންގަމުންދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ސެޕްޓެމްބަރު 2020 | ބުދަ 06:33
1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުންދާ ހައްޖާޖީން ގެފުޅު ވަށައިގެން ޠަވާފް ކުރަނީ

1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުންދާ ހައްޖާޖީން ގެފުޅު ވަށައިގެން ޠަވާފް ކުރަނީ

1441 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެ ފައިސާ އަނބުރާ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ބުދަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، 1441 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އެ ފައިސާ އަނބުރާ ދިނުމަށް އެމިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެގޮތުން، 1441 ވަނަ އަހަރު ރާޢްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި 18 ކުންފުންޔަކުން ޕްރޮޕޯސަލް ރަޖިސްޓްރޭޝަން ފީ ދައްކާފައިވާކަމަށާއި އެއިން ކޮންމެ ކުންފުންޏަކުން 10،000ރ ފީގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނީ، ރަޖިސްޓްރޭޝަން ފީ ދެއްކި ކުންފުނިތަކަށް އަނބުރާ އެ ފައިސާ ލިބިދިނުމަށް ޢަމަލު ކުރާނެ ގޮތްތައް އެ ކުންފުނިތަކަށް އަންގަމުންދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން، އެފައިސާ ދޭން ނިންމާފައިވާއިރު، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގެ ސަބަބުން، ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުސަތު ސައުދީ އަރަބިޔާގައި ތިބި މީހުންނަށް ފިޔަވައި އިތުރު އެއްވެސް ގައުމަށް ލިބިފައެއް ނުވެއެވެ.

ކޮވިޑް-19 ރޯގާގެ ސަބަބުން، 1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ އަރަބިޔާއިން ދީފައިވަނީ، އެގައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި އެ ޤައުމުގެ މަދު ބަޔަކަށެވެ. އެގޮތުން 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވަނީ 10،000 މީހުންނަށެވެ.

ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅާފައިވާ ވަރުގަދަ ފިވަޅުތަކާއެކު 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން މިހާރު ވަނީ ނިމިފަ އެވެ.

ކޮންމެ އަހަރަކުވެސް ޙައްޖުގެ މަތިވެރި އަޅުކަން ޢަދާކުރުމަށް އެކި ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ މީހުން ދާއިރު ރާއްޖެއިންވެސް ދެހާހެއްހާ މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދެއެވެ. އަދި ސަޢުދީއަ ރައްބިއްޔާއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ ކޯޓާގެ ތެރެއިން 1000 ކޯޓާދެއެވެ. އަދި ބައެއްފަހަރު ކޯޓާ އިތުރުވެސް ކޮށްދެއެވެ. މި ގޮތުން މިދިޔަ 1440 ވަނަ އަހަރުވެސް ރާއްޖެއިން 2000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 މެއި 2017

ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް

27 މެއި 2017
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް