Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް

ރާއްޖެވިއްކާލަން އުޅޭކަމަށް ބުނެ އިދިކޮޅުން ކުރަނީ ދޮގު ތުހުމަތެއް: ރައީސް ނަޝީދު

ޗައިނާގެ ޑީލްތަކުގެ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން މި ސަރުކާރުން ފަސް ޖެހޭތީ އިދިކޮޅުން އެކަމުގެ ނާޖާއިޒް ފައިދާ ނަގާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2020 | ބުދަ 02:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މިސަރުކާރުން ރާއްޖެ ވިއްކާލަން އުޅޭކަމަށް ބުނެ އިދިކޮޅުން ދައްކަމުން ގެންދާ ވާހަކަތައް ދޮގުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވައިފިއެވެ.

އިންޑިއާއަށް ރާއްޖެ ވިއްކާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގައި މުޒާހަރާވެސް ކޮށްފައެވެ. އަދި ސޯޝަލް މީޑިޔާގައި #އިންޑިޔާއައުޓް ނަމުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެ ވިއްކާލާކަމަށް ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހެދި "ޑީލް" ތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން މި ސަރުކާރުން ފަސް ޖެހޭތީ، އިދިކޮޅުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ކަންކަން އޮޅޭގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ދޮގު ތުހުމަތުތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެކުރިންވެސް ވަނީ ރައީސް ޔާމީން ޗައިނާގެ ދަންތުރައެއްގައި ރާއްޖެ ޖައްސާފައިވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ދޭތެރެ ދޭތެރެއިން ޗައިނާއަށް ބަހުގެ ހަމަލާތަކެއްވެސް އެމަނިކުފާނު ގެންދަވަނީ ދެއްވަމުންނެވެ.

މިސަރުކާރު އައިފަހުން އިންޑިޔާ އާއި ރާއްޖެއާ ދެމެދު ކުރިން އޮތް ގުޅުން ބަދަހިވެފައިވާ އިރު އިންޑިޔާއިން އަންނަނީ ރާއްޖެއަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މާލެ ތިލަފުށި ބްރިޖް މަޝްރޫއަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާއިރު ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އިންޑިއާއިން ވަނީ ނިންމައިފައެވެ.

ޗައިނާ އިން ރާއްޖެއަށް ނަގާފައިވާ ލޯނުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާދިފަހުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑިއާ އާއި ޗައިނާގެ ލޯނު ތަކަކީ ވެސް ލުއި ފަސޭހަ ސިފަ ތަކެއް ހިމެނޭ ލޯނު ތަކެއް ކަމަށެވެ. އިންޑިއާ އާއި ޗައިނާގެ ލޯނުތަކަކީ ވެސް އޭގެ ޒާތުގައި ކޮންސެޝަނަލް ލޯނު ތަކެއް ކަމަށާއި އެ ލޯންތަކުގެ ޓާމްސްތައް ވެސް ރަނގަޅު ކަމަށެވެ.

ނަމަވެސް ލޯނުތަކުގައި މައްސަލަ ކުރިމަތި ވަނީ ކުރީގެ ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކުގެ ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޕްރޮޖެކްޓްތަކުގެ ޓެންޑަރިން ކުރިއަށް ގެންދަނީ ވަރަށް އޯޕަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށާ، ނަމަވެސް ކުރިން ޕްރޮޖެކްޓުގެ ކޯސްޓް މަތިވެފައި ވަނީ އޯޕެނިން ޓެންޑަރިން އަކަށް ނުގޮސް މަޝްރޫއު ހިންގުމުން ކަމަށެވެ.

މީގެއިތުރުން ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ އޭގެކުރިން ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު