Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުން

ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ: މެޑަމް ފަޒްނާ

ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހިއްސާ ކުރަނީ 10 އިންސައްތަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 13:14
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް ވުމެން އިން ޕޮލިސިންގ އެންޑް ޕްރޮޖެކްޓް ގާރޑިއަން" އިފްތިތާހު ކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ފަޒްނާ ވަނީ، ޤާނޫނު ތަންފީޒުކޮށް ނެގެހެއްޓުމުގައި އަންހެނުންގެ ދައުރާއި، އަންހެނުންނާއި ކުޑަކުދިންނާއި އާއިލާތަކަށް ކުރާ އަނިޔާcއިން އެ ފަރާތްތައް ސަލާމަތް ކުރުމުގައި ފުލުހުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފަޒްނާ ވިދާޅުވީ، ދިވެހި ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ބައެއް ރަށްތަކަކީ ކުދި ކޮމިއުނިޓީއެއްގެ މައްޗަށް އެކުލެވޭ ރަށްތަކެއްކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، އެކަމުގެ ސަބަބުން އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް، އެފަދަ ރަށްތަކުގައި ނެއިބަރހުޑް ޕޮލިސިންގ ތައާރަފް ކުރެވިއްޖެނަމަ، މުޖުތަމައުގައި ހިމެނޭ ޓީޗަރުންނާއި، ހެލެތް ވޯކަރުން ފަދަ ޚިދުމަތްތެރިންގެ އެހީގައި ނުރައްކަލަށް ހުށައެޅޭ މީހުން އަވަހަށް ދެނެގަނެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މުޅި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހިއްސާ ކުރަނީ 10 އިންސައްތަކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، މިއީ ނެއިބަރހުޑް ޕޮލިސިންގ އަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެއާއެކު ވެސް، ބޮޑެތި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ފަޒްނާ ވަނީ ޙިޔާލު ހުށައަޅުއްވާފައެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސް އާއި، ފޮރެންސިކްސް އާއި، ޓެރަރިޒަމްގެ މައްސަލަތައް ބެލުމާއި، އެފަދަ އެކި ޑިވިޜަންތަކުން ކުރިއެރުމަށް އަންހެން ފުލުހުންނަށްވެސް މިހާރަށްވުރެ ބޮޑަށް ހިތްވަރުދީ ތަމްރީނު ދިނުމަށް ފަޒްނާ ވަނީ ގޮވާލައްވާފައެވެ.

މިހާރު އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އިތުރުކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، އެކަމުން ދޭހަވަނީ ކުރިއާ ޚިލާފަށް މިހާރު އާންމު ރައްޔިތުންގެ މެދުގައި އޮންނަ ހޭލުންތެރިކަން އިތުރުވެ، ފުލުހުންނާއި ދައުލަތުގެ އިދާރާތަކުން އެކަންކަމަށް ޙައްލެއް ހޯދައިދިނުން ރައްޔިތުން އެދޭ މިންވަރު ކަމަށެވެ.

ފަޒްނާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، އާއިލާތަކަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އެއް ބަޔަކީވެސް ފުލުހުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު