Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑު ޖެހުނު ބަލި މީހާ

ސިޔާސީ ކުލަ ޖެހި އިންސާނިއްޔާތުކަން ހަނދާން ނެތިއްޖެ، މިއީ ބޮޑު ލަދެއް!

ފަޅުތެރޭގައި ދެ ގަޑިއިރު ސީންބިއުލާންސް އޮންނަން ޖެހުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 05:49
އެ ރަށަށް ދިޔަ ސީ އެންބިއުލާންސް ބަލިމީހާއާ އެއްކޮށް ފަޅުތެރޭގައި ރަށަށް ނުފޭބި

އެ ރަށަށް ދިޔަ ސީ އެންބިއުލާންސް ބަލިމީހާއާ އެއްކޮށް ފަޅުތެރޭގައި ރަށަށް ނުފޭބި

ދުނިޔޭގެ އެހެން ޤައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެ ވެސް މި ވަނީ ސިޔާސީ އޮއިވަރުގައި ޖެހިފައެވެ. މި އޮއިވަރުގައި ޖެހި ގިނަފަހަރަށް އަތުން ފައިން ހެދޭ ނެހެދޭ ގޯހެއް ވެސް މީހާއަކަށް ނޭނގެއެވެ. އާއިލީ ގުޅުންތައް ކަނޑާ، ރަހުމަތްތެރިކަމުގެ ގުޅުން ވެސް ކަނޑާ، އޮންނަ އެއްބައިވަންތަކަން ވެސް ނަގަލާނީ އެއްވެސް ވިސްނާލުމެއް ނެތިއެވެ. ގިނަ ފަހަރަށް އިންސާނީއްޔަތުކަން ވެސް ހަނދާން ނައްތާލަނީއެވެ. ސިޔާސީ ކުލަވަރުގައި ކިތަންމެ ވަރަކަށް މީހާ ގެނބިގެން ޣަރަގުވި ކަމުގައިވީ ނަމަވެސް އިންސާނަކަށް ވީތީ އަނެއް އިންސާނާއަށް ކުރަންޖެހޭ އިހްތިރާމާއި ޤަދަރު ގެއްލޭ ހިސާބަށް ކަންތައްތައް ދިޔުމުން ރާއްޖޭގެ ހާލަތު ގޮސްފައިވާ ހިސާބު ހިތަށް ތަސައްވަރު ކޮށްލަން ވެސް އުނދަގުލެވެ.

ދައްކަން މިއުޅެނީ އިއްޔެ ވިލިނގިލީގައި ހިނގައި ދިޔަ ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ގދ. ތިނަދޫ އިން ކޮވިޑް-19 ޖެހުނު ހައި ރިސްކު ކެޓަގަރީގައި ހިމެނޭ އެ ބަލި މީހާ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑު ފެސިލިޓީއަށް ގެންދިޔުމަށް ސީ އެންބިއުލާންސްގައި އެރަށުގެ ފަޅުތެރޭގައި ދެ ގަޑިއިރު އޮންނަން ޖެހުނު ވާހަކައެވެ.

މުޅި ދުނިޔެއަށް ޖެހިފައިވާ ބަލިމަޑުކަމަށް ވިސްނާލުމެއް ނެތި، އެ ދަނޑިވަޅުގައި ކޮވިޑަށް ޕޮޒިޓިވްވި ބަލި މީހާގެ ހިތަށް ކުރާނެ އަސަރަކަށް ވިސްނާލެއް ނެތި އެވެ. މި ބުނާ ސިޔާސީ ކުލަވަރު ޖެހިގެން ތިބި ބަޔަކު ވިސްނާލުމެއް ނެތި ހިންގި ހަޑިމުޑުދާރު އަމަލުގެ ވާހަކައެވެ. ސަރުކާރުން ކޮންމެ ރަށެއްގައި ކޮވިޑު ފެސިލިޓީއެއް ޤާއިމުކޮށްފައިވީ ނަމަވެސް އެއީ އެބަޔެއްގެ ހަރުމުދާ ކަމަކަށް އެކަކު ވެސް ދެކިގެން ނުވާނެއެވެ.

ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު އެރަށަށް އަރުވަން ދެކޮޅު ހަދައި އިހުތިޖާޖު ކޮށްފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށް ވިލިނގިލީ ކައުންސިލުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެއީ އެޕާޓީގެ އެކްޓިވިސްޓުންތަކެއް ނޫން ކަމަށެވެ. ކޮންމެ ޕާޓީއެއްގެ އެކްޓިވިސްޓުންތަކެއް ކަމަށް ވިޔަސް މި ހިންގި އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

މުޅި ދުނިޔެއަށް ވެސް ދިމާވެފައި މިވާ ބަލިމަޑުކަމަކީ މީގެ ކުރިން މުޅި ދުނިޔެވެސް އަދި ރާއްޖެ ވެސް ދެކިފައިނުވާރުގެ ކަމެކެވެ. މި ވަގުތަކީ އެކަކު އަނެކަކަށް އަޅާލާ، ހާލު ބަލާ، އެހީތެރިވެވެން އޮތް ގޮތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަންވީ ވަގުތެވެ. އޭގެ ބަދަލުގައި ރާއްޖެއިން މި ފެންނަނީ ސިޔާސީ ކުލަ ޖެހި އިންސާނިއްޔާތުކަން ހަނދާން ނެތިގެންދާ މަންޒަރެވެ. މިއީ ހަޤީޤަތުގައިވެސް ދިވެހިންނަށްވެސް، އަދި އިންސާނިއްޔަތު ކަމަށް ވެސް ހުރި ބޮޑު ލަދެކެވެ!

މިކަމުން ވެސް އަޅުގަނޑުމެން އިބުރަތް ހާސިލުކޮށް މާޒީގައި އަޅުގަނޑުމެން ދައްކާފައިވާ އެއްބައިވަންތަކަމުގެ މިސާލުން މިސާލު ލިބިގަންނަންވީ ވަގުތު އައިސް މިއޮތީ ޖެހިފައެވެ. މި ހާލަތަކީ އެންމެން ވެސް އަތުގުޅާލައިގެން އެއްބައިވަންތަކާ އެކީގައި މަސައްކަތް ކުރަންވީ ވަގުތެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު