Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮންލައިން ވިޔަފާރި

އޮންލައިންކޮށް ކުރާ ވިޔަފާރީގެ ހާމަކަން ބޮޑުވާގޮތަށް ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުގައި ހިމަނާ އަމަލުކުރަން ފަށައިފި

މުދާ ވިއްކާ ފަރާތް ނުވަތަ ޚިދުމަތްދޭ ފަރާތުގެ ނަން މުދާ ގަންނަ ނުވަތަ ހިދުމަތް ހޯދާ ފަރާތަށް ދޭން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޯގަސްޓު 2020 | ހޯމަ 11:58
އޮންލައިންކޮށް ކުރާ ވިޔަފާރީގެ ޔަގީންކަން އިތުރު ކުރުމަށް ބައެއް މައުލޫމާތު ހާމަ ކުރަންޖެހޭ ގޮތަށް ގާނޫނުގައި ވަނީ ހިމަނާފައި

އޮންލައިންކޮށް ކުރާ ވިޔަފާރީގެ ޔަގީންކަން އިތުރު ކުރުމަށް ބައެއް މައުލޫމާތު ހާމަ ކުރަންޖެހޭ ގޮތަށް ގާނޫނުގައި ވަނީ ހިމަނާފައި

އިލެކްޓްރޯނިކް ޒަރީއާއެއް މެދުވެރިކޮށް ވިއްކާ މުދަލާއި ދެވޭ ޚިދުމަތްތަކުގެ ހާމަކަން ބޮޑުވާގޮތަށް ޝަރުތުތައް ހިމަނައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް އަމަލު ކުރަން ފަށައިފިއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ޤާނޫނުގެ 10 ވަނަ ބާބުގައި ވަނީ އިލެކްޓްރޯނިކް ޒަރީއާއެއް ނުވަތަ އޮންލައިންކޮށް ވިއްކާ މުދަލާއި ދެވޭ ޚިދުމަތްތަކުގެ ކަންކަމެވެ. އެގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ވިޔަފާރިކުރުމުގައި ނުވަތަ ޚިދުމަތްދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުގައި ބުނެފައިވަނީ މި ޤާނޫނުގެ ދެ ވަނަ ބާބު އަދި ތިން ވަނަ ބާބުގައި މުދަލެއްގައި ނުވަތަ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރަށް، މަދުވެގެން ހަތަރު ކަމެއްގެ މަޢުލޫމާތުތައް އިލެކްޓްރޯނިކް ޒަރީއާއިން މުދާ ވިއްކުމުގައި ނުވަތަ ޚިދުމަތެއް ދިނުމުގައި މުދާ ގަންނަ ފަރާތަށް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް ދޭންވާނެއެވެ.

މި މައުލޫމާތުގެ ތެރޭގައި ހިމެނެނީ މުދާ ވިއްކާ ފަރާތް ނުވަތަ ޚިދުމަތްދޭ ފަރާތުގެ ނަން، މުދާ ވިއްކާ ފަރާތް ނުވަތަ ޚިދުމަތްދޭ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީ ނަންބަރު؛ މުދާ ނުވަތަ ޚިދުމަތަކަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން، އެ މުދަލެއް ނުވަތަ ޚިދުމަތަކަށް އިތުރު ފީއެއް ނުވަތަ ޗާޖެއް ނަގާނަމަ އެކަން، އިލެކްޓްރޯނިކް ޒަރީއާއިން މުދާ ގަތުމަށްފަހު ނުވަތަ ޚިދުމަތް ހޯދުމަށް ހުށަހެޅުމަށްފަހު، އެ ހުށަހެޅުމެއް ކެންސަލް ކުރުމަށް ނުވަތަ އެ ހުށަހެޅުމެއް އަނބުރާ ގެނައުމުގެ ފުރުޞަތު އޮތްނަމަ އެކަމަށް ލިބޭނެ މުއްދަތެވެ.

އަދި ވިއްކާ މުދަލެއް ނުވަތަ ލިބޭ ޚިދުމަތެއްގައި އެއްވެސް މައްސަލައެއްވާނަމަ، މުދާ ވިއްކާ ފަރާތް ނުވަތަ ޚިދުމަތްދޭ ފަރާތަށް އެ ތަކެތި އަނބުރާ ރައްދުކޮށްދިނުމަށް ނުވަތަ މި ޤާނޫނުގެ ދަށުން މުދާ ގަންނަ ފަރާތަށް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް ލިބިފައިވާ ޙައްޤު ހޯދުމަށް ޢަމަލުކުރަންޖެހޭ އުސޫލުގެ މައުލޫމާތު ހިމަނަން ޖެހެއެވެ.

ނަމަވެސް އޮންލައިންކޮށް ދެވޭ ހިދުމަތްތަކުގެ ތެރެއިން 4 ކަމެއްގެ މައްޗަށް މި މާއްދާގައި ހިމެނޭ ކަންކަމެއް ނުހިނގާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ލިބިގެން ހިންގާ މާލީ ވިޔަފާރިތަކުން، އިލެކްޓްރޯނިކް ޒަރީއާއިން ކުރާ މާލީ މުޢާމަލާތްތަކާއި، ބަސް، ނުވަތަ ފްލައިޓް ނުވަތަ ދަތުރުފަތުރުގެ ޓިކެޓް ވިއްކުމުގެ ޚިދުމަތްތަކާއި، އިލެކްޓްރޯނިކް ޒަރީއާއިން ކުރިނަމަވެސް ވަކި ކޮންޓްރެކްޓެއްގެ ދަށުން ގަންނަ މުދާ ނުވަތަ ދޭ ޚިދުމަތްތައް އަދި އެނޫންވެސް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާ ކުރާ މުދަލާއި ޚިދުމަތްތަކެވެ.

އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ޚިދުމަތްތަކާގުޅޭ ގަވާއިދު ހެދުން މި ބާބުގައި ބުނެފައިއެވެ. އެގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ޚިދުމަތްތަކާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވާ އިރު، އެ ވިޔަފާރިއަކީ ނުވަތަ އެ ޚިދުމަތަކީ ވަކި އިދާރާއަކުން ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރާ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއްނަމަ، އެ ވިޔަފާރިއާ ނުވަތަ ޚިދުމަތާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ލިބިގެންވަނީ އެ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރާ އިދާރާއަކަށެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2018

ސަޓާއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ޖޫން މަހުގެ ނިޔަލަށް

31 މާރިޗު 2018
ސަޓާއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ޖޫން މަހުގެ ނިޔަލަށް
21 ޖެނުއަރީ 2018

ސިމްޑީ ކޮންސިއުމަރ ޕްރޮޑަކްޓްސް އިން މާލޭގައި ޝޯ ރޫމެއް ހުޅުވައިފި

21 ޖެނުއަރީ 2018
ސިމްޑީ ކޮންސިއުމަރ ޕްރޮޑަކްޓްސް އިން މާލޭގައި ޝޯ ރޫމެއް ހުޅުވައިފި
13 ޑިސެމްބަރު 2017

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

13 ޑިސެމްބަރު 2017
ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ
08 ނޮވެމްބަރު 2017

ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި

08 ނޮވެމްބަރު 2017
ރާއްޖެ އާއި ޔޫއޭއީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު 129.2 މިލިއަން ރުފިޔާއަށް އަރައިފި
18 ސެޕްޓެމްބަރު 2017

ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި

18 ސެޕްޓެމްބަރު 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު