މަރުވެފައި އޮތް މީހަކު ތިލަފުށި ކައިރިން ފެނިއްޖެ
31 އޯގަސްޓު 2020 | ހޯމަ 05:56ހަށިގަނޑު ފެނިގެން ފުލުހުންނަށް އަންގާފައިވަނީ ހެނދުނު 08:36 ހާއިރު

ސިމާހާ ނަސީމް | 31 އޯގަސްޓު 2020 | ހޯމަ 05:56

ކ. ތިލަފުށި
ކ. ތިލަފުށީ ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހައެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މީހާގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 08:36 ހާއިރު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފައެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާއިރު، މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.






