Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންކަމް ސަޕޯޓް އެލަވަންސް

އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ދެވަނަ ބުރުގައި އެލަވަންސް އަށް އެދި ހުށަހެޅޭނީ /https://jobcenter.mv މެދިވެރިކޮށް އޮންލައިން ފޯމަކުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2020 | ހޯމަ 05:34
މީރާ

މީރާ

އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ދެވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ކަމަށެވެ. އަދި ގިނަ ފަރާތްތަކަށް މި އެލަވަންސްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެލަވަންސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ އެލަވަންސްއަށް 15 ސެޕްޓެމްބަރު ވަނަ ދުވަހާއި ފޯމް ހުށަހެޅޭނެ ކަަމަށާއި އޮގަސްޓް މަހުގެ އެލަވަންސް އަށް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެލަވަންސް އަށް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެދި ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

ދެވަނަ ބުރުގައި އެލަވަންސް އަށް އެދި ހުށަހެޅޭނީ /https://jobcenter.mv މެދިވެރިކޮށް އޮންލައިން ފޯމަކުންނެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އުޒުވެރިވާ ފަރާތްތަކުން އީފާސްގައި ރަޖިސްޓްރީވުމަށްފަހު އޮންލައިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލެވެންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ. މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ.

މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ ފަސްހާސް ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ފަސްހާސް ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެމީހަކަށް ލިބޭނެއެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެއެވެ. ނަމަވެސް ފަންނާނުންނާއި އާާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭ ގޮތަށް މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކަށް މި އުސޫލުގެ ދަށުން އެލަވެންސަށް ކުރިމަތި ލެވޭނެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު