Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިނޭންސް މިނިސްޓަރ

އަޅުގަނޑަކީ ވައްކަން ކުރާ މީހެއް ނޫންކަން، ދަންނަ މީހުންނަށް އެނގޭނެ: މިނިސްޓަރ އަމީރު

އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 އޯގަސްޓު 2020 | ހޯމަ 04:03
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި އަދި މިނިސްޓަރާއި ގުޅުވައި ދައްކަމުންދާ ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި މިވާހަކަތަށް ރައްދުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމަނިކުފާނާއި ފިނޭންސް މިނިސްޓްރީގެ އަގު ވައްޓާލުމަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ވާދަވެރި ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން ހިންގުމަށް އަދި އެހެން މަގްސަދެއް އޮތްނަމަވެސް އެ ފުރުސަތު ކުރީ ސަރުކާރުތަކުގައި ވެސް ލިބިގެންދިޔަ ކަމަށެވެ. 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި މަސައްކަތް ކުރަމުންދަނީ ގަބޫލު ކުރާ ގަބޫލު ކުރުމުގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގަބޫލު ކުރުމަކީ އެމްޑީޕީ އަކީ ކޮރަޕްޝަނަށް އެއްވެސް ގޮތަކަށް މަސައްކަތް ކުރާނެ ބައެއް ނޫންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެފަދަ ތުހުމަތުތަކެއްކޮށް ވާހަކަ ދައްކާ ފަރާތްތަކުން އެގޮތަށް ވާހަކަ ދައްކަނީ ކުރީ ސަރުކާރުގައި ކޮރަޕްޝަންގެ ތެރެއިން އެބޭފުޅުން މަސައްކަތް ކުރުމަށް ރާވާފައި އޮތުމުން ކަމަށް ވެދާނެ ކަމަށެވެ. އެހެންކަމުން އެހެން މީހުން ވެސް އެ މަގުން މަސައްކަތް ކުރާނެ ކަމަށް ހީވަނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. މާލިއްޔަތު ގަވާއިދާއި އެއްގޮތަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ހުރިހާ މަސައްކަތެއް ވެސް ވީހާވެސް ދެ ފުށް ފެންނަ ގޮތަކަށް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަޝްރޫޢުތައް ދިނުމުގައި ވަކިގޮތަކަށް މިނިސްޓަރ އަމަލު ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ނޭޝަނަލް ޓެންޑަރ ބޯޑުން ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިޔުމަށް ހަވާލު ކުރަނީ ކޮންބަޔަކަށް ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޝްރޫޢުތައް ދެނީ ކޮންބަޔަކަށްކަން ބަލަން ވެސް ބޭނުންފުޅުނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަބަދުވެސް ބާރުއަޅުއްވަމުން ގެންދަވަނީ ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތަށް ޓެކްނިކަލް އިވެލިއުއޭޝަން ހެދި ރަނގަޅަށް ފައިނޭންޝަލް އިވެލިއުއޭޝަން ހެދި ޓެންޑަރ ޑިޕާޓްމަންޓްގެ މަސައްކަތްތައް ވީހާ ވެސް ވަރުގަދަ ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސީދާ ފިނޭންސް މިނިސްޓަރާ ގުޅުވާ ދެކެވޭ ވާހަކަތަކަށް ވެސް މި ޕްރޮގްރާމްގައި މިނިސްޓަރ ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން ދާދިފަހުން އެމްއެންޑީއެފްގެ އިމާރަތް ހެދުމުގެ މަސައްކަތަށް ހުޅުވާލުމުން އެންމެ ކުޑަ އަގެއް ހުށައެޅި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް އެވާރޑް ނުކޮށް ދެވަނަ އަށް އެންމެ ކުޑަ އަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރުމުން ފިނޭންސް މިނިސްޓަރަށް ރެއިންބޯ ގްރޫޕްގެ ފަރާތުން ދެ އެޕާޓްމަންޓް ލިބުނު ވާހަކަ އަށް ރައްދުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެއީ އެމަނިކުފާނަކީ ކޮރަޕްޓް މީހެއް ކަމަށް ދެއްކުމަށް ބަޔަކު ކުރާކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ މަޝްރޫޢުގެ ކަންކަން ކުރިޔަށް ގޮސްފައިވަނީ ފަހުން އެކުލަވާލެވުނު ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާނެ އުސޫލާއި އެއްގޮތަށް ކަމަށެވެ. އެ އުސޫލުގައި އޮންނަގޮތުން އެއް ކުންފުންޏަކަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާއާ ހަމައަށެވެ. އެގޮތަށް ވަކި އުސޫލެއް ހަދާ ގިންތިތަކެއް ހަދާފައިވަނީ ސަރުކާރުގެ މަޝްރޫޢުތައް ވީހާ ވެސް ގިނަ ވިޔަފާރިވެރިންނަށް ދީ ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަޝްރޫޢުތައް ލަސްވުމާއި ކޮލިޓީ ދަށްވުން ފަދަ މައްސަލަތައް ދިމާވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މައްސަލާގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ކޯޓަށް ވެސް މައްސަލަ ހުށަހެޅި ކަމަށެވެ. ނަމަވެސް އެކުންފުނިން ބޭނުންވި ގޮތަށް އެމަޝްރޫޢުކުރިޔަށް ގެންދިޔުން ހުއްޓާލުމުގެ އަމުރެއް ނެރެދީފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ ނާޑް ކުންފުންޏާއި މިނިސްޓަރުގެ ހިއްސާ އޮންނަ ރާއްޖެ ކްރޫޒް ކިޔާ ކުންފުންޏަކާއި ގުޅުވާ ދެކެވޭ ވާހަކަތައް ސާފު ކޮށްދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ ނާޑް ކުންފުންޏަކީ ކޮބައިކަމާއި އެ ކުންފުނީގެ ޝެއަރ ހޯލްޑަރުން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖެ ކްރޫޒް ކިޔާ ކުންފުންޏެއްގެ ޝެއަރ އޮންނާނެ ކަމަށާއި އެއީ އެމަނިކުފާނާއި އެމަނިކުފާނުގެ ގާތް ރައްޓެއްސަކާއެކު ހަދާފައިވާ ކުންފުންޏެއް ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެއްވެސް ވިޔަފާރިއެއް ކޮށްފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ޖާއިޒް ގޮތުގައި މަސައްކަތް ކޮށްގެން ދިރިއުޅުމުގައި ކުރިއެރުން ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ކްރޫޒް ފިޔަވައި ދެތިން ކުންފުންޏެއް ވެސް ހަދާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެ ކުންފުނިތަކުން ވިޔަފާރިކުރަމުން ނުދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު