Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓް ކުއްޔަށް ދޫކުރުން

ދިރިއުޅުން ސަސްޓެއިން ކުރުމަށް ލިބޭ ފްލެޓް ކުއްޔަށް ދޫކުރުން މުޅިން ގޯހެއް ނޫން: ހައުސިން މިނިސްޓްރީ

30 އޯގަސްޓު 2020 | އާދީއްތަ 07:22

ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާ ނުލެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2020 | އާދީއްތަ 07:22
ހިޔާ މަޝްރޫއުގެ ފްލެޓްތައް، ފްލެޓް ލިބޭ މީހުން ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މަނާ ކަމެއް

ހިޔާ މަޝްރޫއުގެ ފްލެޓްތައް، ފްލެޓް ލިބޭ މީހުން ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މަނާ ކަމެއް

މާލެ ރަށްވެހިންނަށް ގެދޮރަކީ ހަމަ އެކަނި ދިރިއުޅެން ބޭނުން ކުރާތަނެއް ނޫން ކަމަށާއި، ދިރިއުޅުން ސަސްޓެއިން ކުރުމަށް ލިބޭ ފްލެޓް ކުއްޔަށް ދޫކުރުން މުޅިން ގޯސް ނޫން ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ގެދޮރަކީ ވަރަށް ބޮޑަށް އާމްދަނީއަށް ހޯދުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމަށާއި، މިހާރުގެ ހާލަތުގައި ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާ ނުލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅުމުގެ އަގު އިންތިހާއަށް މަތިވާއިރު، މާލޭގެ ރަށްވެހިންގެ ތެރެއިން ސޯޝަލް ހައުސިން ލިބޭ ފަރާތްތަކުގެ ތެރެއިން އިތުރު ގޮތެއް ފެންނަ ފަރާތްތަކުން ކުއްޔަށް ދިނުން މުޅިން ގޯސް ނޫން ކަމަށެވެ. ނަމަވެސް ހައުސިން ޔުނިޓް ކުއްޔަށް ދިނުމަކީ ގެދޮރުވެރިކަން ބޭނުންވާ މީހުންގެ ހައްގަށް ލިބޭ އުނިކަމެއްކަން ފާހަގަކުރައްވައި ނިއުމާ ވިދާޅުވީ ސަރުކާރު މިހިންގާ މަޝްރޫއުތަކުން ފްލެޓް ލިބޭ ފަރާތްތަކުން އެފްލެޓްތައް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

ފްލެޓް ލިބޭ މީހުން އެފްލެޓްތަކުގައި ދިރިނޫޅި ކުއްޔަށް ދޭ މައްސަލައަށް އަލިއަޅުއްވާލައްވާ ނިއުމާ ވިދާޅުވީ މިނިސްޓްރީއަށް ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު އެއްފަހަރު ގޮސް އެފްލެޓްތަކުގައި ދިރިއުޅެނީ ފްލެޓް ލިބުނު މީހުންތޯ މޮނިޓަރ ކުރުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި، އެގޮތަށް އެމަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހައުސިން ޑިމާންޓްމެންޓުން ކޮންމެވެސް ވަރަކަށް މޮނިޓަރިންތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފަހި ދިރިއުޅުން ކޯޕްރޭޝަން މެދުވެރިކޮށް ވެސް މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އާމިރު ވިދާޅުވީ ފްލެޓް ލިބޭ ފަރާތްތަކުން ކުއްޔަށް ދޫކުރަނީ ދިރިއުޅުމަށް ކުރިމަތިވާ އެކިއެކި ސަބަބުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ގަބޫލުކުރެވޭ އުޒުރުތަކުގައި ވެސް ކުއްޔަށް ދޫކުރާ ފަރާތްތަކުން އުޅޭކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ފްލެޓްތައް ދިނުމުގައި ސްކީމްތައް އެކުލަވާލާއިރު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފްލެޓް ލިބެނީ އެންމެ ހައްގު ފަރާތްތަކަށް ކަމަށްވާނަމަ ކުއްޔަށް ދޫކުރާ މައްސަލަ ކުރިމަތިނުވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް