Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތާރު އެޅި މަގު

ތާރު އެޅި މަގަށް އެއް އަހަރު، މަރާމާތު ކުރަންޖެހިފައި

ތާރު އެޅި މަގު ހުޅުވައިލީ 17 ނޮވެމްބަރު 2016 ގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2017 | ބުރާސްފަތި 07:17
ތާރު އެޅި މަގު

ތާރު އެޅި މަގު

މާލޭ ސިޓީ މަގުތަކުގެ ފެންވަރު ދައްވެ، އަޑިގުޑަން ކަމާއެކު އެއްގަމު އުޅަނދު ދުއްވަން އުނދަގޫވެގެން ތަކެތި ދުއްވާ ފަރާތްތަކުން އެ ވާހަކަ ދައްކަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. މިކަން ހައްލު ކުރުމަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ 2016 ވަނަ އަހަރު މާލޭގެ މަގު ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. މާލޭ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މާލޭ ވަށައިގެންވާ މަގު (ބޮޑުތަކުރުފާނު މަގު) ތާރު އަޅާނެ ކަންވެސް އިއުލާނުކުރި އެވެ.

ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތާއެކު މާލޭގެ ވަށައިގެންވާ ބޮޑުތަކުރުފާނު މަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި 5.5 ކިލޯ މީޓަރުގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާއިރު މާލޭ ބޮޑެތި ހުރިހާ މަގެއް ލެވެލް ކުރެވެމުންދާނެ ކަމަށެވެ. ހަމަގައިމުވެސް މި ކަން އިއުލާނު ކުރުމުން އެތައް ބައެއް ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. އެހެން ނަމަވެސް، ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އެ ވާހަކަ ދެއްކެވިތާ، އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އަދިވެސް މިކަން ހަގީގަތަކަށްވާ މަންޒަރުނުފެނެ އެވެ.

ފެނިގެންދަނީ މި މަސައްކަތް ފިނިހަކަ ސްފީޑުގައި ދާ މަންޒަރެ އެވެ. މިދިޔަ 2016 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމި ނިންމުން، އިތުރު އަހަރެއް ފާއިތުވެގެންދާއިރު ވެސް ނިންމާ ނުލެވޭ މަންޒަރެވެ.

މި މަސައްކަތް އެހާ ބޮޑަށް ލަސްވެގެންދާ އިރު މިދިޔަ އަހަރު ނޮވެމްބަރު 17 ގައި ވަނީ މާލޭގައި ފުރަތަމަ ފަހަރަށް ތާރު އެޅި ހުޅަނގު ދެކުނު ފަރާތް ހުޅުވާލި އެވެ. އެ ސަރަހައްދުގައި ތާރު އެޅުމަށް ހަތަރު މަސް ދުވަސް ނެގި އިރު އެމަގު ހުޅުވާލިތާ މިހާރު މިވަނީ އަހަރެއްވެފަ އެވެ. މިހާރު އެ މަގުން ފެނިގެން ދަނީ ހަލާކުވަމުން ދާތަނެވެ. ބައެއް ސަރަހައްދުތަކުން ތާރުގަނޑު ނެއްޓިފަ އެވެ. އަޑުގުނޑަންބވެފަ އެވެ. ތާރު އެޅި މަގު ފެށޭ ހިސާބު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކަމުގެ ސަބަބުން ވެހިކަލްތައް ދުއްވުމަށް ވެސް ދަތިތައް ކުރިމަތިވެ އެވެ.

އަގުބޮޑުކޮށް ތާރުއެޅުމަށް ފަހު، އެ މަގު ހަލާކުވެގެން އެދަނީ ރަނގަޅަށް ނުބެލެހެއްޓޭތީ އެވެ.

އަނެއް މައްސަލައަކީ ތާރުއެޅި މަގުގައި ވެލި ގިނަވެ، ދުއްވާއިރު ހިރަފުސް ބޯވުމެވެ. ހަތަރުފުރޮޅުލީ ވެހިކަލެއް ބާރަށް ދުއްވާލައިފި ނަމަ، އެ ސަރަހައްދުގައި އެ ސަރަހައްދު ހިރަފުހުން ފުރި މީހުންނަށް އުނދަގޫވާވަރުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ޝަކުވާކުރަމުން ދިޔަސް އަދި ހައްލެއް ނުފެނެ އެވެ. ވެހިކަލްތަކުގެ ސްޕީޑަށް ބަދަލެއް ވެސް ނާދެ އެވެ.

އިއްޒުއްދީން މަގުގައި ވެސް ތާރުއެޅުން ކުރިއަށް ދާއިރު، އެ މަސައްކަތް ވަނީ ވަރަށް ދިގުލައިގެން ގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު