Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީޑީސީ

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިރޭ

29 އޯގަސްޓު 2020 | ހޮނިހިރު 11:45

މިރޭގެ ޖަލްސާގައި އެމްޓީޑީސީގެ ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭގޮތުން ގޮތެއް ނިންމާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 29 އޯގަސްޓު 2020 | ހޮނިހިރު 11:45
އެމްޓީޑީސީގެ ކުރީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

އެމްޓީޑީސީގެ ކުރީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖާލްސާ މިރޭ 21:00 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ޖަލްސާ އަށް އެކުންފުނީގެ ހުރިހާ ހިއްސާ ދާރުންނަށް ދައުވަތު އަރުވާފައިވާ އިރު، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވާޗުއަލް ކޮށެވެ. އެގޮތުން ޖަލްސާ ކުރިއަށް ގެންދާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، ފަހިވޯޓް މެދުވެރިކޮށް ކަމަށް އެމްޓީޑީސީ އިން މައުލޫމާތުދެއެވެ.

އެމްޓީޑީސީ އިން ވަނީ އަހަރީ އާންމު ޖަލްސާގައި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. މި ޖަލްސާގައި ކުންފުނީގެ ހިންގާ ގަވާއިދަށް ބައެއް އިސްލާހުތައް ގެންނަށް ފާސްކުރާނެ ކަމަށާއި 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ވެސް ފާސް ކުރުމަށް ހުށައެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން އައްޔަން ކުރުމާއި އުޖޫރަ ކަނޑައެޅުން މި ޖަލްސާގައި ކުރިއަށްދާނެ ކަަމަށާއި، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން ވެސް މި ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ކަމަށް އެމްޓީޑީސީ އިން ބުނެއެވެ. ހިއްސާދާރުންގެ ހިޔާލު ފާޅުކުރުމަށް ވެސް ޖަލްސާގައި ހުޅުވާލެވޭނެއެވެ.

މިރޭގެ ޖަލްސާގައި އެމްޓީޑީސީގެ ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައިވާ ހުށައެޅުމަށް ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ބަހަން ހުށައަޅަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އިރު، މިއީ 11 އަހަރަށް ފަހު އެކުންފުނިން ހިއްސާ ބަހަން ހުށައެޅި ފުރަތަމަ ފަހަރެވެ.

އެމްޓީޑީސީ އިން ބުނީ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިއަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ 12:00 އަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ވެފައިވާ ފަރާތްތަކަށް ކަމަށާއި ޖަލްސާގައި ބައިވެރިވެވޭނީ ޖަލްސާގައި ރަޖިސްޓްރީ ކުރުމަށް އެކުންފުނިން ހުޅުވާލާފައިވާ މުއްދަތުގައި އަމިއްލަ އަށް ބައިވެރިވުމަށް އަދި ޕްރޮކްސީގެ ގޮތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ބުނެފައެވެ.

ޖަލްސާގައި ބައިވެރިވުމަށް އަދި ޕްރޮކްސީ ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުން ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ހިއްސާދާރުންނާއި ޖަލްސާގައި އަމިއްލަ އަށް ބައިވެރުމަށް އުޒުރުވެރިވާ ހިއްސާދާރުން ތަމްސީލު ކުރާ ޕްރޮކްސީ، ޖަލްސާގެ ބައިވެރިންގެ ގޮތުގައި ފަހިވޯޓް ގައި ރަޖިސްޓްރީ ކުރެވިގެން ދާނެ ކަމަށް އެމްޓީޑީސީ އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
24 އެޕްރީލު 2017

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

24 އެޕްރީލު 2017
މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް