Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ފެށީ 2014 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 އެޕްރީލު 2017 | ހޯމަ 10:37
މޯލްޑިވިއަން ސީ ޕްލޭނެއް ވެލާނާ އިންޓރަނޭޝަނަލް އެއަރޕޯޓުގައި

މޯލްޑިވިއަން ސީ ޕްލޭނެއް ވެލާނާ އިންޓރަނޭޝަނަލް އެއަރޕޯޓުގައި

މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތައް ފުޅާކުރުމަށްޓަކައި މޫދަށް ޖައްސާ އިތުރު ބޯޓެއް ހޯމަ ދުވަހު ރޭ (މިރޭ) ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މިރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނެވޭ މި ބޯޓާއެކު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދު 10 އަކަށް އިތުރުވާނެ ކަމަށް އައިލެންޑު އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވި އެވެ.'

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ މޯލްޑިވިއަން ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޓާރމިނަލް ރަސްމީކޮށް ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް މިހާރުވެސް ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި އިތުރު ތިން ރިސޯޓަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި ޚިދުމަތް މިހާރު ދެމުން އަންނަނީ ހަމައެކަނި ރިސޯޓުތަކަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް 4 މަސްދުވަހުގެރޭ މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މީހުން ދިރިއުޅޭ ރަށްރަށަށް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ނަޝާތު ވިދާޅުވި އެވެ. އެގޮތުން ވަކި ޝެޑިއުލްއެއްގެ ދަށުން ޢާއްމު ރައްޔިތުންނަށް މިޙިދުމަތް ދޭން ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހެޔޮ އަގެއްގައި ސީ ޕްލޭންގެ ދަތުރުތައް އާއްމު ރައްޔިތުންނަށް ދިނުމަށްޓަކައި އެކަމާގުޅޭ ދިރާސާ ކުރަމުން އަންނަކަމަށް އެކުންފުނިން ބުންޏެވެ.

ސީ ޕްލޭންގެ ދަތުރުތައް ފެށިދާނެ ރަށްތައް މިހާރު ބަލަމުންދާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭ ދަތުރުތައް ކޮންމެވެސް އެއް ރަށަކަށް ފެށުންކަމަށް ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަނުން 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މިޙިދުމަތް ފެށި އިރު ސީ ޕްލޭންގެ ޚިދުމަތް އަންނަނީ ތަރައްޤިވެ ކުރިއަރަމުންނެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު