Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާނު ބޮޑުވަޒީރު އިސްތިއުފާ

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިއުފާ ދެއްވަނީ

އަބޭ އިސްތިއުފާ ދެއްވަނީ ސިއްހީ ހާލުކޮޅު ގޯސްވަމުން އަންނާތީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 އޯގަސްޓު 2020 | ހުކުރު 07:18
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިއުފާ ދެއްވުމަށް ތައްޔާރުވެ ވަޑައިގެންފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

ޖަޕާނުގެ ނޭޝަނަލް ބްރޯޑްކާސްޓަރ އެންއެޗްކޭ އާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ އިސްތިއުފާ ދެއްވަނީ ސިއްހީ ހާލުކޮޅު ގޯސްވަމުން އަންނާތީއެވެ. އަބޭ ގެ ސިއްހީ ހާލުކޮޅުގެ ސަބަބުން ސަރުކާރު ހިންގުމަށްދަތިވެ ބުރައަކަށް ވުމަށް އަބޭ ބޭނުންފުޅު ނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އަބޭގެ ސިއްހީ ހާލުކޮޅާމެދު ތަފާތު ގޮތްގޮތަށް ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އެއީ ދާދިފަހުން ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ވަޑައިގެންނެވުމާއެކުއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ ވަނީ އޮގަސްޓްމަހު 3 ދުވަހުގެ ޗުއްޓީއެއް ނަންގަވާފައެވެ. އޮގަސްޓްމަހުގެ 17 ވަނަ ދުވަހު އަބޭ ހޮސްޕިޓަލަށް ވަޑައިގެން 7 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އަބޭ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހަޖަމްކުރުމުގެ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ އަލްސަރޭޓިވް ކޮލްއައިޓިސް އަށް ފަރުވާ ހޯއްދަވާފައެވެ. މިއީ ގޮހޮރަށް ޖެހޭ ބައްޔެކެވެ.

އަބޭ ޖަޕާނުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އޭގެކުރިން 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށްވެސް އަބޭ ވަނީ ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަބޭގެ ބޮޑުވަޒީރުކަމުގެ މިޓަރމް ހަމަވާނީ އަންނަ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށެވެ. ސަރުކާރު ހިންގާ މައި ޕާޓީ ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އާ އެޕާޓީ އާ ގުޅިފައިވާ އެހެން ޕާޓީތަކުން ވަނީ ޕާޓީގެ ރައީސްކަމާއި ބޮޑުވަޒީރުކަމުގެ ޓަރމް ހަމަވަންދެން އެމަގާމުތަކުގައި ހުންނެވުމަށް ބާރު އަޅާފައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ބޭފުޅާއެވެ. ރިޕޯޓްތައް ބުނާގޮތުން އަބޭ ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

އަބޭއަށްފަހު ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަބޭގެ ޑެޕިޔުޓީ އަދި ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި ޓާރޯ އަސޯ އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް ޖަޕާނަށް އައިސްފައިވާއިރު ވައިރަސް ކޮންޓްރޯލްކުރުމުގައި އަބޭ ގެންގުޅުއްވާ ސިޔާސަތުތަކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކޮވިޑް-19 އާ ގުޅިގެން އަބޭ މީޑިޔާއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައެއްނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ވައިރަސް ކޮންޓްރޯލްކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ވެކްސިނެއް ލިބެއްޖެނަމަ ޖަޕާނުގެ މުޅި އާބާދީއަށް ވެކްސިން ލިބޭނެކަމުގެ ވައުދުވެ ވަޑައިގަތުމަށް އަބޭ ދިޔައީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު