Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ޗައިނާ ކަނޑުގެ މައްސަލަ

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

މި މަނަވަރު އެނބުރި ޖަޕާނަށް ދާނީ އޯގަސްޓް މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 މާރިޗު 2017 | އަންގާރަ 11:04
އިޒުމޯ ކެރިއާއަކީ ޖަޕާނުގެ އެންމެ ދިގު މަނަވަރެވެ. ދިގުމިނުގައި 249 މީޓަރު ހުންނަ މި މަނަވަރުގައި 9 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެ

އިޒުމޯ ކެރިއާއަކީ ޖަޕާނުގެ އެންމެ ދިގު މަނަވަރެވެ. ދިގުމިނުގައި 249 މީޓަރު ހުންނަ މި މަނަވަރުގައި 9 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެ

.ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަޕާނުން ދެކުނު ޗައިނާ ކަނޑަށްފޮނުވާ އެންމެ ބޮޑު އަސްކަރީ މަނަވަރު، ތިން މަސްދުވަހުގެ ދަތުރަކަށް އަންނަ މެއި މަހު ފޮނުވާލާނެކަމަށް ތިން މަސްދަރަކުން ޚަބަރު ދީފިއެވެ

ރޮއިޓާސް އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ކޮމިޝަން ކުރި ހެލިކޮޕްޓަރ އުފުލާ މަނަވަރު ޖުލައި މަހު އިންޑިއާ ކަނޑުގައި ބާއްވާ މަލާބާރު ޖޮއިންޓް ނޭވަލް އެކްސަސައިޒްގައި އެމެރިކާއާއި އިންޑިއާގެ މަނަވަރުތަކާއެކު ބައިވެރިވުމުގެ ކުރިން ސިންގަޕޫރު، އިންޑޮނޭޝިއާ، ފިލިޕީންސް އަދި ސްރީ ލަންކާގައި މަޑުކުރާނެއެވެ.

މި މަނަވަރު އެނބުރި ޖަޕާނަށް ދާނީ އޯގަސްޓް މަހުއެވެ.

ދިގު މުއްދަތެއްގެ މިޝަން އަކަށް އިޒުމޯ ފޮނުވުމުގެ މަގްސަދަކީ އޭގެ ފެންވަރު ދައްކާލުން ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒުމޯ ކެރިއާއަކީ ޖަޕާނުގެ އެންމެ ދިގު މަނަވަރެވެ. ދިގުމިނުގައި 249 މީޓަރު ހުންނަ މި މަނަވަރުގައި 9 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެއެވެ.

ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސުންވަނީ މިކަމާ ގުޅޭގޮތުން އެއްޗެއް ބުނުމަށް ދެކޮޅުހަދާފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ހުރިހާ ހިސާބަކީ ޗައިނާގެ މިލްކެއް ކަމަށް އެގައުމުން ދައުވާކުރެއެވެ.

މީގެ އިތުރުން ޓައިވާން، މެލޭސިއާ، ވިއެޓްނާމް،ފިލިޕީންސް އަދި ބުރޫނާއީންވެސް އެގައުމުތަކުން އެ ކަނޑުގައި ހިއްސާވާކަމަށް ބުނެއެވެ.

މަސްވެރިކަން ތިޔާގި އަދި ތެލާ ގޭސް ހިމެނޭ އެ ސަރަހައްދު ހުރަސްކޮށް އަހަރަކު 5 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު