Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ބާސާ ދޫކޮށްލުން

މެސީ ދޫކޮށްލަން ބާސާއިން ބޭނުމެއް ނުވޭ!

މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2020 | ބުރާސްފަތި 11:40
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ: ބާސާ ދޫކޮށްލަން އޭނާ ބޭނުންވޭ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ: ބާސާ ދޫކޮށްލަން އޭނާ ބޭނުންވޭ

ލިއޮނެލް މެސީ ދޫކޮށްލަން ބާސެލޯނާއިން ބޭނުންނުވާ ކަމަށް ދާދި ފަހުން އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސި ރާމޮން ޕްލޭނެސް ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާގެ މެނޭޖްމަންޓަށް ފޮނުވި ލިޔެކިޔުންތަކުގައި އެދެފައިވަނީ މި ޓްރާންސްފާ ބާޒާރުގައި އެ ކުލަބު ދޫކޮށް ދެވޭ ގޮތަށް އޭނާގެ އެއްބަސްވުން ބަދަލު ކޮށްދިނުމަށެވެ.

ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

ކުލަބު ދޫކޮށްލަން މެސީ އެދުމާ ގުޅިގެން ބާސާގެ ބޯޑު މެންބަރުން ކުއްލި ބައްދަލުވުމެއް ބޭއްވިއިރު، މި ބައްދަލުވުމުގައި ބޯޑު މެންބަރުން ނިންމާފައިވަނީ މެސީގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހު މީޑިއާއަށް މައުލޫމާތު ދެމުން ބާސާގެ ސްޕޯޓިންގ ޑިރެކްޓަރު ޕްލޭނެސް ބުނީ މެސީ އާއި ބާސެލޯނާއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، އެ ވާހަކަތައް މީޑިއާގައި ތަފްސީލުކޮށް ދައްކަން ބޭނުންނުވަނީ އެ ދެ ފަރާތަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މެސީ ދޫކޮށްލަން ބާސާގެ މެނޭޖުމަންޓުން ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުން ބަދަލުކުރުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވެއްޖެ ނަމަ، މެސީގެ ވިސްނުން ހުރީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރިއަށް ދިޔުމަށެވެ. އެކަމަކު ބާސާއިން އަންނަނީ މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށް މަސައްކަތް ކުރަމުންނެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯ އިރުޝާދު ދެމުން އަންނަ މެންޗެސްޓާ ސިޓީއަށެވެ. އަދި ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނުންވެސް މެސީއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީއެވެ. އަދި ބާސާގެ ރައީސްގެ މަގާމުގައި ބާޓޮމެއޫ ހުރިހާ ދުވަހަކު މެސީއަށް ބާސާގައި ކުރިމަގެއް ނެތް ކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ބުނެއެވެ. އެކަމަކު މީގެ ކުރިން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ބާސާގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ރޮނާލްޑް ކޫމަން ވަނީ އޭނާގެ އުންމީދަކީ ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރުން ކަމަށް ބުނެފައެވެ. އެކަމަކު ކޫމަންއާއެކު މެސީ ބޭއްވި ބައްދަލުވުމުގައިވެސް ކުލަބު ދޫކޮށްލަން ނިންމާފައިވާކަން މެސީ ވަނީ ކޫމަންއަށް އަންގާފައެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު