Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ހައުސް ހުސްކުރުން

ވަގުތީ ގޮތުން އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް

އެފްއޭއެމްގެ މައި އޮފީސް 20 ބުރިއަށް އެޅުމަށް ވަނީ ހަވާލުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2020 | ބުރާސްފަތި 10:27
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް ހުސްކޮށް، ވަގުތީ ގޮތުން އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.

މިއަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހު އެފްއޭއެމް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ވަނީ އެ އިދާރާގެ މައި އޮފީސް 20 ބުރިއަށް އެޅުމަށް ސައުތު ކޮރެއާގެ ސްކައި ވިންޑް ކުންފުންޔާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިހާތަނަށް ކުޅިވަރު އެސޯސިއޭޝަނަކުން އެޅުމަށް ނިންމާފައިވާ އެންމެ ބިޔަ އިމާރާތުގެ މަސައްކަތް ކުރުމަށް ސްކައި ވިންޑް ގްލޯބަލްއާއެކު އެފްއޭއެމުން އެއްބަސްވެފައިވާއިރު، މި އިމާރާތް ވެގެންދާނީ ފުޓްބޯޅައަށް އެތައް މިލިޔަން ރުފިޔާއެއް ލިބިގެންދާނެ އިމާރާތަކަށެވެ.

އެހެންކަމުން ވަގުތީ ގޮތުން އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރިއިރު، އެ އިދާރާގެ އޮފީސް މިހާރު އިންނަނީ ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތެއްގައެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްއަށް ރަނގަޅު ފެންވަރުގެ އިމާރާތެއް ލިބެންޖެހޭ ކަމަށާއި، އަލަށް އިމާރާތް ކުރާ 20 ބުރީގެ އިމާރާތް ވެގެންދާނީ މުޅި ފުޓްބޯޅައަށް ބޮޑު ބަދަލެއް ގެންނާނެ އިމާރާތަކަށް ކަމަށެވެ. އަދި ދަތުރު ފަތުރުގެ ހުއްދަ ލިބުމާއެކު އައު އިމާރާތުގެ މަސައްކަތް ކުރުމަށް ކޮރެއާގެ ކުންފުނިން ރާއްޖެ އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

20 ބުރީގެ އައު އިމާރާތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، އައު އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމްގެ ޚިދުމަތާއި މެޑިކަލް ވަސީލަތުގެ އިތުރުން ގައުމީ ޓީމުތައް ކޭމްޕް ކުރެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އިމާރާތުގެ ގިނަ ބުރިތައް ބޭނުން ކުރާނީ އެފްއޭއެމަށް ފައިސާ ލިބޭނެ ގޮތަށް ކަމަށް ބައްސާމް ވިދާޅުވިއެވެ.

2004 ވަނަ އަހަރު އެފްއޭއެމްގެ މިހާރުގެ އިމާރާތް ހުޅުވިއިރު، އެ އިމާރާތް ބިނާކޮށްފައި ވަނީ 7،000 (ހަތް ހާސް) އަކަފޫޓުގެ ބިމެއްގައެވެ. އެފްއޭއެމަށް އައު އިމާރާތެއް ލިބިގެންދާ 20 ބުރީގެ އިމާރާތާއި، ހިއްކި ބިމުގައި އަޅާ 17،000 (ސަތާރަ ހާސް) އަކަފޫޓުގެ ހަތަރު ބުރީގެ އިމާރާތާއެކު، އެފްއޭއެމްއަށް އަހަރަކު 90 މިލިޔަން ރުފިޔާއަށް ވުރެން ގިނަ ފައިސާ ވަންނާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު