Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ފެށުން ގޯސްވިއަސް މުސްތަގްބަލް ފެންނަނީ އުޖާލާކޮށް: މައުސޫމް

27 އޯގަސްޓު 2020 | ބުރާސްފަތި 08:20

ބޯޑަރު ހުޅުވި އިރު، ފަތުރުވެރިންނަށް ދަތިތަކާއި ކުރިމަތިވިކަން ގަބޫލު ކުރަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 27 އޯގަސްޓު 2020 | ބުރާސްފަތި 08:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ޓުއަރިޒަމް މިނިސްޓާރ ބައިވެރިވެވަޑައިގަތުން

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ޓުއަރިޒަމް މިނިސްޓާރ ބައިވެރިވެވަޑައިގަތުން

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެގެން އެއްވެސް "މަޅިއެއް" ނާރާނެކަމަށާއި ކޮވިޑް ރާއްޖޭގައި ފެތުރޭމިންވަރު ދަށްކޮށްދިނުމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އެދިއްޖެއެވެ.

ބޯޑަރު ހުޅުވާލައި ފަތުރުވެރިން އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ ގައުމަށް ދިއުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމުގައި ލަސްވެ މިކަމާއި ގުޅިގެން ބައެއް ފަތުރުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ފެށުން ގޯސްވިއަސް މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އެގޮތުން، ބޯޑަރު ހުޅުވިއިރު، ފަތުރުވެރިންނަށް ދަތިތަކާއި ކުރިމަތިވިކަން ގަބޫލު ކުރައްވާކަމަށާއި ނަމަވެސް މިހާރު އެކަންކަން ރަނގަޅު ކުރެވިފައިވާކަމަށެވެ. އަދި ފަތުރުވެރިން ގިނައިން އަންނަ ހާލަތަށް އޮތީ ފުރިހަމައަށް ތައްޔާރުވެފައިވާކަން މިނިސްޓާރ ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން އެކަމަށް ރަނގަޅު ފާލެއް އެޅެމުން އަންނަކަން ކުރެއްވައި މިނިސްޓަރ ވިދާޅުވީ، އެންމެ ބޮޑަށް ގަސްތުކުރަނީ މިހާރު މިނިސްޓްރީގައި އޮތް ސިޓުއޭޝަން މޮނިޓަރިންގ ޔުނިޓާއި ޕްރައިވެޓް ސެކްޓަރާއި އެކު ޓާސްކް ފޯހެއް އެކުލަވާލުން ކަމަށެވެ. އެއާއިއެކު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެގެން މަޅިއެއް ނާރާނެކަމަށާއި އެކަންކަން ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޯޑަރުތައް ހުޅުވައި ފަށައިގަތްއިރު ގިނަ ގޮންޖެހުންތަކެއް ހުރިއިރު، މުޅީ ޓީމުވެސް އައު ހާލަތަކަށް ތައްޔާރުވެ ޓްރަޔަލް މަރުހަލާގައި ގިނަ ކަންތައްތަކެއް ދިމާވި ކަމަށާއި ގައިޑްލައިން ހެދުމުގައިވެސް މުހިންމު ނިންމުންތަކެއް ނިންމަން ޖެހުނުކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އަދި އެންމެ އުފާވަނީ، މިކަންތައްތަކަށް ތައްޔާރުވާންޖެހޭ މިންވަރު ހެލްތް ޓީމުން އިސްނަގައިގެން ފާހަގަކުރައްވާތީކަމަށެވެ.

އަދި ހަބަރުތަކުގެ ފަަލަސުރުހީތަކުން ޖާގަ ނުހޯދުނު ކަމުގައިވިޔަސް، ބައިނަލްއަގްވާމީ ގައުމުތަކުގެ އެހީ ހޯދުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ވުޒާރާއާއި ޕްރައިވެޓް ސެކްޓަރއާއި ގިނަ ވާހަކަތަކެއް ދެކެވި ޕްލޭން އޮތީ ހުރިހާ ކަމެއްވެސް ވީހާވެސް އޮމާންކޮށް ފަސޭހަކަމާއި އެކު ބައްޓަންކުރުމަށްކަމަށެވެ. އަދި، ފަތުރުވެރިކަން ފުޅާކޮށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެއްކުމަށް ކޮވިޑްގެ ކޭސްތައް މަދުކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ރައީސް މައުމޫންގެ ސުވާލު: ގައުމުގެ މުސްތަގްބަލް ބޭރުގެ ބަޔަކަށް ވިއްކާލުމުގެ އިހްތިޔާރު އެންމެ މީހަކަށް އޮންނާނެތޯ؟

06 ޑިސެމްބަރު 2017
ރައީސް މައުމޫންގެ ސުވާލު: ގައުމުގެ މުސްތަގްބަލް ބޭރުގެ ބަޔަކަށް ވިއްކާލުމުގެ އިހްތިޔާރު އެންމެ މީހަކަށް އޮންނާނެތޯ؟
08 ނޮވެމްބަރު 2017

މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް

08 ނޮވެމްބަރު 2017
މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް
24 ސެޕްޓެމްބަރު 2017

އޭސީސީގެ ފަރާތުން ފެންނަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން: ރޮޒައިނާ

24 ސެޕްޓެމްބަރު 2017
އޭސީސީގެ ފަރާތުން ފެންނަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން: ރޮޒައިނާ
13 ޖުލައި 2017

ސުޕްރީމް ކޯޓުގެ ހުކުމަކީ ރައްޔިތުން ބޭނުންވާ ބަދަލުގެ ފެށުން: އަބްދުﷲ ކަމާލުއްދީން

13 ޖުލައި 2017
 ސުޕްރީމް ކޯޓުގެ ހުކުމަކީ ރައްޔިތުން ބޭނުންވާ ބަދަލުގެ ފެށުން: އަބްދުﷲ ކަމާލުއްދީން
22 ޖޫން 2017

މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ

22 ޖޫން 2017
މަޖިލިސް ހުޅުވުމާއެކު މަސައްކަތް ނިންމާލުމުގެ ފެށުން ފެނިގެންދާނެ: އިބޫ
24 މެއި 2017

ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ

24 މެއި 2017
ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ
15 އެޕްރީލު 2017

ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން

15 އެޕްރީލު 2017
ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން
11 އެޕްރީލު 2017

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

11 އެޕްރީލު 2017
މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް