Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެސްސީއަށް މެމްބަރުން އައްޔަނުކުރުން

ސީއެސްސީއަށް މެމްބަރުން އައްޔަނު ކުރުން އަނެއްކާވެސް އެޖެންޑާކޮށްފި

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލީ 41 ބޭފުޅުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2020 | ބުދަ 04:33
ސީއެސްސީގެ ކުރީގެ މެމްބަރުން، މަޖިލީހުން މަގާމުން ވަކިކުރެއްވީ އިބްރާހީމް ޝަހީޤް (ކ-2): އަނެއް ތިން މެމްބަރުން ވަނީ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވާފައި: ސީއެސްސީއަށް މެމްބަރުން އައްޔަން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަން ކުރަން ރުހުންދިނުމަށް ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސް ކުރި ލިސްޓު އެކުލަވާލުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނިފައިނުވާ ކަމަށް އެ މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީއިން ނިންމުމުން، އެ މައްސަލަ އަލުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލީ 41 ބޭފުޅުންނެވެ. އެބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 13 ބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ. އެއާއެކު އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ލިސްޓް ހޮވުމުގައި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ބެލުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މި މައްސަލަ ފޮނުއްވިއެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމީ، އެއްވެސް މެމްބަރެއްގެ މަސްލަހަތަށް ފުށުއަރާފައިވާ ކަމެއް ނުހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ލިސްޓުގެ ތަރުތީބުން ވޯޓަށް އެހޭނެ ކަމަށެވެ.

ސީއެސްސީގެ ލިސްޓުގެ މައްސަލައަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ކުރީގެ އަނބިކަނބަލުން ސީއެސްސީ އަށް ރުހުން ދޭން ފޮނުވި ލިސްޓްގައި ހިމެނުނު މައްސަލަކަން ވަނީ އެނގިފައެވެ. ނަމަވެސް އެ ނަމަށް ވޯޓަށް އެހިއިރު ސަނީފް އެ ވޯޓްގައި ބައިވެރިވެ ވަޑައިނުގަންނަވާކަން މި މައްސަލައިގެ ކޮމިޓީ ރިޕޯޓުން އެނގެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު