Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިން ޓެސްޓު ކުރުން

ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް މިހާރު ފުލުހުންގެ ލެބުންވެސް ހެދޭނެ

ޕީސީއާރު ޓެސްޓް މިހާރު ޓްރީޓޮޕް އިން ނުހެދޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2020 | ބުދަ 03:39
ފަތުރުވެރިން

ފަތުރުވެރިން

ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓް ހެދޭނެ ތަންތަނަށް ބަދަލު ގެނަސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން ކުރިން ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ބުނެފައިވާ ހޮސްޕިޓަލްތަކުގެ އިތުރުން ފުލުހުންގެ ލެބުން މިހާރު ފަތުރުވެރިންނަށް ޓެސްޓު ހެދޭނެއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ކުރިން ޓެސްޓް ހެދޭނެ ކަމަށް ބުނެފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ނުހެދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. ޓްރީޓޮޕް އިން ޕީސީއާރު ޓެސްޓު ހަދައިދޭނެ ކަމަށް ބުނެފައިވާ އަގަކީ 2000 ރުފިޔާއެވެ. މިއީ އޭރު ކަނޑައެޅުނު ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ކަނޑައެޅި ހޮސްޕިޓަލެވެ.

އެންމެ ފުރަތަމަ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ބުނި ފަސް ހޮސްޕިޓަލްގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަދިވެސް ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދޭނެއެވެ.

އެގޮތުން އެންމެ ކުޑަ އަގުގައި އޭޑީކޭ ހޮސްޕިޓަލުން ޓެސްޓު ހެދޭ އިރު، އެއީ 1500 ރުފިޔާއަށެވެ. އައިޖީއެމް ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޓެސްޓު ހެދެނީ 1534 ރުފިޔާއަށެވެ.

ފަތުރުވެރިން ޕީސީއާރު ޓެސްޓު ހަދަން ދާއިރު އެ ފަތުރުވެރިޔެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓް ކޮޕީ އާއި ލެބޯޓްރީ އިން އެދޭ އެހެނިހެން ލިޔެކިޔުންތައް ހުށައަޅަން ޖެހޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ފަތުރުވެރިން ކޮވިޑް ޓެސްޓް ހެދުމަށް ހޮސްޕިޓަލަށް ދިއުމުގެ 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވާ އިރު، ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ރައްޖޭގެ ބައެއް އެއާޕޯޓްތަކުން ފަތުރުވެރިންގެ ޕީސީއަރު ޓެސްޓު ހެދޭ އިރު، ބައެއް ރިސޯޓްތަކުން ވެސް ދަނީ އެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ސަފާރީގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށް ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު