Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލަ

މައުސޫމް ކުރެއްވި ހުވައާމެދު ޤާނޫނީ ސުވާލުތަކެއް ފެންމަތިވެއްޖެ

25 އޯގަސްޓު 2020 | އަންގާރަ 08:11

ޤާނޫނީ ސުވާލު އުފެދުނީ މިނިސްޓަރުކަމުގެ ހުވާކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2020 | އަންގާރަ 08:11
ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މަޢުޞޫމް

ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މަޢުޞޫމް

ޓުއަރިޒަމް މިނިސްޓަަރު ކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ މަޢުޞޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ ސުވާލުތަކެއް ފެންމަތިވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީންނެވެ. ކޮމިޓީގެ ރިޕޯޓް އަންގާރަ ދުވަހުގެ ޖަލްސާ އަށް ހުށަހެޅުމާއެކު އެ ރިޕޯޓަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލުމުން ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ވަނީ މައުސޫމް މިނިސްޓަރުކަމުގެ ހުވާކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ކަމަށް ވިދާޅުވެ އެކަމުގައި ޤާނޫނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެއީ ޤާނޫނު އަސާސީ އާ ޚިލާފުކަމެއް ކަމަށް ހަސަން އަފީފު ފާހަގަކުރެއްވިއެވެ. އަދި އެކަން ހިނގާފައިވާގޮތް ކޮމިޓީން ޔަގީންކޮށްފައި ނޫނީ ވޯޓަށް އަހައިގެން ނުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ހަސަން އަފީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު ވިދާޅުވީ ކޮމިޓީން ބެލިބެލުމުގައި މައުސޫމް މިނިސްޓަރ ކަމުގެ ހުވާ ކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން ވަނީ ވަކިވެވަޑައިގަންފައެވެ. މިކަމުގައި އިތުރަށް ކުރިޔަށްދާނެ ގޮތެއް ނިންމަވާނީ ކައުންސިލަރ ޖެނެރަލާއި އަމީން އާންމު އާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް ނަޝީދު ވިިދާޅުވިއެވެ. އަދި މަޝްވަރާ ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ މި މައްސަލާގައި މައުސޫމް ޞައްހަ ހުވާއެއް ކުރެއްވުމަށްފަހު މި މައްސަލަ އަނބުރާ ތަޅުމަށް ގެނައުމަށް ލަފާ ލިބިލެއްވި ކަމަށެވެ.

އަދި މިކަމުގައި ބަހުސަކަށް ހުޅުވާލެއްވެމުން ބައެއް މެމްބަރުން ވިދާޅުވެފައިވަނީ އަލުން ހުވާ ކުރެއްވުމަށްފަހު މި މައްސަލަ އަނބުރާ މަޖިލީހަށް ގެނައުމަކީ މިކަމުގައި ޤާނޫނީ ގޮތުން އޮތް ހައްލު ކަމަށެވެ. މިކަމުގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހިސާން ހުސައިން ވިދާޅުވީ ޤާނޫނު އަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެކަންކަން ބަޔާން ވެފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ އަލީ ހުސައިން ވިދާޅުވީ މި މައްސަލާގައި ހިމެނޭ ވަޒީރުގެ ހުވާ ޞައްހަ ވާނެކަމަށެވެ.

މެމްބަރުންގެ ޚިޔާލުތަކަށްފަހު ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި ގޮތެއް ނިންމާނީ ވޯޓުން ކަމަށެވެ.

ޤާނޫނު އަސާސީގެ 136 ވަނަ މާއްދާ ކަމުގައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެންނުވާނެ ކަންތައްތައް ބަޔާން ކޮށްފައިވާއިރު އެމާއްދާގެ ހ ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާ އެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީ އެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވެ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ޑރ. ޢަބްދުﷲ މަޢުޞޫމްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ނަން ދިރާސާ ކުރުމަށްފަހު ކޮމިޓީން މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމް ކުންފުނިން ވަކިވެވަޑައިގެންފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް އަންގާފައިވަނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ޔާމިން ރަޝީދުގެ މަރާގުޅިގެން ބަންދުގައި ހުރި މީހެއްގެ ޤާނޫނީ ވަކީލެއްގެ ދުލުން އާދަޔާ ޚިލާފް ވާހަކަތަކެއް

14 އޯގަސްޓު 2017
ޔާމިން ރަޝީދުގެ މަރާގުޅިގެން ބަންދުގައި ހުރި މީހެއްގެ ޤާނޫނީ ވަކީލެއްގެ ދުލުން އާދަޔާ ޚިލާފް ވާހަކަތަކެއް
10 އޯގަސްޓު 2017

ޤާނޫނީ ވެރިކަމެއް ހިންގާނަމަ މިސަރުކާރުން ފުރަތަމަ ހައްޔަރުކުރާނީ ރައީސް ޔާމީން: ޝިފާޒް

10 އޯގަސްޓު 2017
ޤާނޫނީ ވެރިކަމެއް ހިންގާނަމަ މިސަރުކާރުން ފުރަތަމަ ހައްޔަރުކުރާނީ ރައީސް ޔާމީން: ޝިފާޒް
19 ޖުލައި 2017

ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ

19 ޖުލައި 2017
ގޮނޑިތައް ގެއްލުނުކަމަށް ކަނޑައެޅި ޤާނޫނީ ހަމައެއް އިލެކްޝަނަކަށް ނުދެއްކުނު:އިބޫ
18 ޖުލައި 2017

ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން

18 ޖުލައި 2017
ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން
05 ޖޫން 2017

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ

05 ޖޫން 2017
ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ
14 މެއި 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި

14 މެއި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި
26 އެޕްރީލު 2017

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
12 އެޕްރީލު 2017

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް