Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭޕީ

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫ: އެމްޑީޕީ

އަމިއްލަ ފަރާތްތަކުގެ މުދަލަށް ސަރުކާރުން އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 13:30
ޖުމްހޫރީ ޕާޓީން ބޭއްވި ހުގާލުމެއްގެ ތެެރެއިން

ޖުމްހޫރީ ޕާޓީން ބޭއްވި ހުގާލުމެއްގެ ތެެރެއިން

ޕާޓީއެއްގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ އެޕާޓީން ބޭނުންކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އެންގުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯއަކީ އެޕާޓީ އުފެއްދިއިރު ކުރަހާ ޑިޒައިންކޮށް ރަޖިސްޓްރީކުރެވިގެން ބޭނުންކުރެވެމުންދާ އެޕާޓީގެ ފިކުރީ މުދަލެކެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ޖޭޕީގެ ފިކުރީ މުދަލެއްގެ ޙައްޤަށް ފަހުން ހަދާ އުސޫލަކުން އެގޮތަށް އަރައިގަތުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއްނޫން ކަމަށާއި ވަކިން ޚާއްޞަކޮށް ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ ފަރާތްތަކުގެ މުދަލަށް މިފަދައިން އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ވިޔާނުދާ ޢަމަލެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މަނާ ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ވާދަވެރި ސިޔާސީ ޕާޓީތަކަށް ފުރައްސާރަ ކުރުމުގައި އެންމެ ދަށުދަރަޖައިގެ އަމަލުތައް ހިންގާކަން ކމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޙާއްޞަވާ ދިދައާ ވައްތަރުކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުންކުރުން މަނާކޮށްފައިވާއިރު، ޖުޑިޝަރީން ބޭނުންކުރަން ފަށާފައިވާ ލޯގޯއަކީ އެމްޑީޕީން ބޭނުންކުރަމުން އަންނަ ލޯގޯއާ އެއްގޮތް ކަމެއް ހުރި ލޯގޯއެއް ކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެމް.ޑީ.ޕީގެ ލޯގޯއަކީ ސުޕްރީމްކޯޓާއި އިލެކްޝަންސް ކޮމިޝަނަށްވުރެ ވެސް ދޮށީ ނުވަތަ އެ ދެތަން އުފެދުމުގެ ވެސް މާކުރިން ކުރަހާ ޑިޒަންކޮށް ރަޖިސްޓްރީ ކުރެވިގެން ބޭނުންކުރަމުންއަންނަ ލޯގޯއެއްކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހގަ ކޮށްފައިވެއެވެ.

އެހެންކަމަށް އެމްޑީޕީން ބޭނުންކުރަމުން އަންނަ ލޯގޯއާ އެއްގޮތް ލޯގޯއެއް ޖުޑިޝަރީން ބޭނުންކުރަމުން ގެންދާއިރު އެކަންކުރުން އެފަރާތަށް މަނާނުކުރެވޭ ކަމަށް ވާނަމަ، އެގޮތަކީ ވެސް ހަމަޖެހޭ ގޮތެއް ނޫންކަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންގެންދާ އަމަލުތައް ހިންގުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

14 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު