Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ޔާމިން ރަޝީދުގެ މަރާގުޅިގެން ބަންދުގައި ހުރި މީހެއްގެ ޤާނޫނީ ވަކީލެއްގެ ދުލުން އާދަޔާ ޚިލާފް ވާހަކަތަކެއް

އާއިލާއާ ބައްދަލުކޮށް އެދުނީ އާއިލާއިން ކަނޑައަޅާފައިވާ ދެ ޤާނޫނީ ވަކީލުން ދޫކޮށްލަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2017 | ހޯމަ 20:25
ޤާނޫނީ ވަކީލް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ޤާނޫނީ ވަކީލް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ލިޔުންތެރިޔާ އަދި ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައިގާ ހައްޔަރު ކޮށްފައިވާ މ. ތޯއިފް އިސްމާއީލް ރަޝީދުގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވަރަށް އާދަޔާ ޚިލާފް ވާހަކަ ތަކެއް ދައްކަވައިފިއެވެ.

މައުމޫން ހަމީދު އެވާހަކަތައް ދެއްކެވީ ރާއްޖެ ޓީވީން ހޯމަ ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މައުމޫން ހަމީދު ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގް ދަނީ ރަނގަޅަށް ކަމަށް ޤަބޫލް ނުކުރެވޭ ކަމަށާއި މިފަދަ ތަހުގީގްތައް ދާން ޖެހޭނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަމަށެވެ. އެއްވެސް މީހަކަށް އިންސާފުން ބޭރުން ކަމެއް ދާކަމަށް ހީވެގެން ނުވާނެ ކަމަށާއި ވަރަށް ބޮޑަށް އެވިޑެންސް ބޭސްޑް ތަހުގީގަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ވަކި މީހަކާ ދިމާލަށް މިސްރާބް ޖަހައިގެން ނުވާނެ ކަމަށާއި ތަހުގީގް ވާން ޖެހޭނީ ހެއްކާ ޤަރީނާ ތަކުގެ މައްޗަށް ބިނާވެފައި އޮންނަ ތަހުގީގަކަށް ކަމަށެވެ.

މައުމޫން ވިދާޅުވީ އޭނާގެ މުވައްކިލް އިސްމާއީލް ރަޝީދު ހައްޔަރުކުރީ މަރުގެ ހާދިސާ ހިނގިތާ ދެހަފްތާ ފަހުން ކަމަށާއި އިސްމާއީލް ރަޝީދު ފުރަތަމަ ގެންދިޔައީ ކާށިދޫއަށް ކަމަށެވެ.

ބަންދުގައި ތިބޭ މީހުންނަށް ދެވޭ އާއިލީ ބައްދަލުވުންތަކުގައި އޮންނާނީ ހާލު އަހުވާލު ބަލާލުން ފަދަ ކަންތައްތައް ކަމަށް ވިދާޅުވަމުން މައުމޫން ހަމީދު ވިދާޅުވީ އިސްމާއީލް ރަޝީދުގެ އާއިލާއާ އޭނާއާ ފުރަތަމަ ބައްދަލު ކުރުންވެސް އޮތީ މުޅިން ތަފާތު ގޮތަކަށް ކަމަށާއި އިސްމާއީލް ރަޝީދުގެ ހާޒިރުގައި އާއިލާއާ ބައްދަލު ކުރީ ތަހުގީގް ޓީމުން ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ މިތަނަށް ގެނެވެނު ކުދިންގެ ތެރެއިން އެންމެ ރަނަގޅު ކުއްޖާއޭ މީނާގެ މައްޗަށް ދައުވާއެއް ކުރެވޭނެ އެއްވެސް ކަމެއް ނެތޭ. އެހެންވީމާ ތިމަންނާ މެންނަށް އެބައޮތޭ ރަނގަޅު ގޮތެއް ހަދައިދެވެން. އެކަމަކު އާއިލާއިން ދެއްވީކީ ފުލުހުން އެދުނު ކަހަލަ ޖަވާބެއް ނޫން. އާއިލާއިން ބުނީ ޤާނޫނާ ޤަވާއިދުގެ ތެރެއިން އޭނާއާމެދު ޢަމަލްކޮށް ހަމަޔާ އިންސާފުން ކަންކުރައްވާށޭ. އެހެން ގޮތަކުން އޭނާ ސަލާމަތް ކުރާކަށް ބޭނުމެއް ނޫނޭ. ކަމެއް ކޮށްފައި އޮތިއްޔާ އެކަމކަށް އިންސާފުން އަދަބު ދޭށޭ. ފުލުހުން ބޭނުންވީ އާޢިލާއިން އައްޔަން ކޮށްފައިތިބި ދެ ވަކީލުން ވަކިކޮށް ދައުލަތުން ދޭ ދެވަކީލުން އައްޔަން ކުރާށޭ. އޭރުން ގެނައި ގޮތައް އާއިލާއާ ހަވާލު ކުރާނަމޭ" މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ އެގޮތަށް އެހުށަހެޅުން އައުމުން ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށާއި އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުން ބޭނުން ވަނީ ކޮންގޮތެއްކަން ވެސް އާއިލާއާ ވާހަކަދެއްކުމުގެ ތެރޭގައި ފުލުހުންނަށް ބުނެވުނު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

"ތިޔަބޭފުޅުން ތިޔަ ބޭނުންވަނީ ދައުލަތުގެ ހެއްކަކަށް އިސްމާއީލް ރަޝީދު ވާންހޭ ދެންނެވުމުން އެބޭފުޅުން ވިދާޅުވި އެހެންނޭ" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ވިސްނާލާފައި ޖަވާބު ދިނުމަށް އާއިލާއަށް ވަގުތު ދެއްވި ކަމަށާއި އަދި ބައްދަލު ކުރަން ފަސޭހަވާނެ ކަމަށް ވިދާޅުވެ އިސްމާއީލް ރަޝީދު ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ބަދަލު ކުރި ކަމަށެވެ. އަދި ތަކުރާރުކޮށް އާއިލާއާ ބައްދަލު ކޮށްގެން ފުލުހުން ބޭނުންވާ ގޮތަށް ކަންތައް ކުރުވަން މަސައްކަތް ކުރެއްވި ކަމަށް މައުމޫން ވިދާޅުވިއެވެ.

"އޭރު ވަރަށް ހެޔޮފުޅުކޮށް އާއިލާއާ ބައްދަލު ކުރެވޭ. ފަސް ފަހަރު ހަފަހަރު ބައްދަލުވި. އަޅުގަނޑާ ވެސް ގުޅުއްވާފައި ވިދާޅުވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލު ކުރުމަށް. އެބޭފުޅުން ވިދާޅުވި އެންމެ އިސްކޮށް އުޅުއްވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއޭ. އަދި ފަހުން އެހެން ނުވުމުން ސަރކަލްގެ ބޭރުގައި ހުރި މީހާ ސަރކަލްގެ އެތެރެއަށް ލާނަމޭ ވިދާޅުވި. އެގޮތަށް ވެގެން މިދިޔައީ" މައުމޫން ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ އިސްމާއީލް ރަޝީދު ކާށިދޫގައި ހުރިއިރު އޭނާއަށް ވަރަށް ލާއިންސާނީކޮށް ކަންކަން ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށާއި ފެނަށް ވެސް އެއްޗެއް އަޅާފައިވާ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

"ވީޑިއޯ ރެކޯޑް ކުރި ތަހުގީގީ ބަޔާނުގައި ވެސް ބުނި ތިމަންނާ ކާށިދޫ ޕޮލިސް ސްޓޭޝަންގައި ހުރި ނިދިޔަ ނުދީ އުނދަގޫކޮށް އަރާމު ކުރަން ފުރުސަތު ނުދެޔޭ. އަދި ފެނަށް އެއްޗެއް އަޅާފައި ހުންނަކަން އެނގެޔޭ. ބޮލުގައި ރިއްސާ ހަނދާން ވެސް ބަލިވެޔޭ. އެކަމަކު ވެސް އިންކާރު ކުރީމޭ. އަދި ބުންޏޭ އިސްމާއީލް ރަޝީދުގެ މައްޗަށް މިދައުވާ ނުކޮށްފިއްޔާ ވަޒީފާއިން ވެސް ވަކިވާނަމޭ ދީނާ ޤައުމަށްޓަކައި ޝަރީއަތުގައި ހެކިބަސްވެސް ދޭނަމޭ" މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ ކުށްވެރިންގެ ފޮޓޯ ޢާއްމު ކުރާ އުސޫލަށް ބަލާއިރު އޮންނަނީ ހައްޔަރު ކުރާ ވަގުތު ނަގާ ފޮޓޯ ކަމަށާއި ނަމަވެސް އިސްމާއީލް ރަޝީދުގެ އާންމު ކުރި ފޮޓޯ އަކީ ހައްޔަރު ކުރިތާ 40 ދުވަސް ފަހުން ނެގި ފޮޓޯއެއް ކަމަށެވެ. އަދި އެއީ ބޯކޮށުމަށާއި ތުނބުޅި ކޮށަން ފުރުސަތު ދިނުމަށް އެދެމުން ދިޔައިރު ވެސް އެފުރުސަތު ނުދީ ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އާއިލާއިން މިވާހަކަތައް ކުރިން ދެއްކުމުން ފުލުހުން ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު