Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި މައްސަލަ

މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ހަލާކުވަމުންދާ ކަމަށް ބުނެ ކުއްލި މައްސަލަ

މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބަންގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 07:07
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހްމަދު ނަޝީދު އަބްދުﷲ ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

މެމްބަރު ހުށައެޅުއްވި ކުއްލި މައްސަލައިގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެބަލި ކޮންޓްރޯލް ކުރުމަށްޓަކާ ސަރުކާރުގެ އިދާރާތަކުން މިހާތަނަށް ވެސް ގިނަގުނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކުން އަމަލު ކުރަމުން ގެންގޮސްފައިވަނީ މި ބަލީގެ ސީރިއަސްކަން ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ކަމަށެވެ.

Advertisement - newsAdvertisement

އަދި މާލެ ލޮކްޑައުންގައި އޮތްއިރު ވެސް މާ ބޮޑެތި ޝަކުވާތަކެއް ކުރުމެއް ނެތި ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުންމަތީ ރައްޔިތުން ގޭގައި ތިބުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މެމްބަރު ނަޝީދު ވިދާޅުވީ މިކަމުގައި ވިޔަފާރިތަކަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނިނަމަވެސް، އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭ އެތަކެއް ބައިވަރު ކުންފުނިތައް މިހާރު ވެސް އެބަހުރި ކަމަށެވެ. އަދި މިކަން މިހެން އޮއްވާ ސަރުކާރުގެ ފަރާތުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ދަތިހާލެއްގައި ހިންގަމުންދާ އެތަކެއް ކުދި ވިޔަފާރިތަކެއް އިތުރަށް ބަގުރޫޓްވެ އެކަމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުއްލި މައްސަލަ ހުށައަޅުއްވަމުން މެމްބަރު އިތުރަށް ވިދާޅުވީ ޑޮލަރު ގަންނަން ލިބޭ ރޭޓް އިންތިހާއަށް ބޮޑުވެ، ޑޮލަރު ލިބުމަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ގައުމުގެ އިގްތިސާދު ރަގަޅު ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، ސަރުކާރުން އަޅަމުން ގެންދަނީ އިގްތިސާދު އިތުރަށް ހަލާކުވާނެފަދަ ކަންކަން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު