Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް- ވެންޓިލޭޓަރުތަކުގެ މައްސަލަ

ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ، މާލިއްޔަތު ކޮމެޓީއަށް ވަޑައި ނުގެންނެވި، ކޮމެޓީން އަމުރެއް ނެރެނީ!

24 އޯގަސްޓު 2020 | ހޯމަ 07:26

ބިޑު ކޮމެޓީގެ ޗެއަރ ނިޝާމާ އާއި ފައިނޭންޝަލް ކޮންޓްރޯލަރ އަސްލަމް ވެސް ވަނީ ކޮމެޓީއަޢް ވަޑައިގެންނެވުމަށް އުޒުރުވެރިވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޯގަސްޓު 2020 | ހޯމަ 07:26
ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު: ނިޝާމާއަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ރައީސް

ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު: ނިޝާމާއަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ރައީސް

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި، ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ އަދި ހެލްތް މިނިސްޓްރުގެ ނައިބު ނިޝާމާ މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވަޑައިގެންނެވުމަށް އުޒުރުވެރި ވެއްޖެ އެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގައި، ދައުލަތުން މާލިއްޔާއިން 30.9 މިލއަން ރުފިޔާ ދެއްކުމަށްފަހު، އެ ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލާގައި ކަން ހިނގާދިޔަގޮތް ދިރާސާކުރުމަށް، ހެލްތް މިނިސްޓްރީގެ ކަމާ ގުޅުހުރި ފަރާތްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ބާއްވަން އުޅުނު ބައްދަލުވުމަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެފައިވަނީ، ނިޝާމާގެ އިތުރުން، ޑައިރެކްޓަރ ފައިނޭންޝަލް އެގްޒެކެޓިވް އަހުމަދު އަސްލަމް އެވެ.

Advertisement - newsAdvertisement

ނަމަވެސް މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ، ކޮވިޑް-19 އާ ގުޅޭ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން ކަމާ ގުޅުން ހުރި ހެލްތް މިނިސްޓްރީގެ 11 ބޭފުޅަކު މާލިއްޔަތު ކޮމެޓީއަށް ވަޑައިގަންނަވާނެ ކަމަށް އާދިއްތަ ދުވަހު މާލިއްޔަތު ކޮމެޓީއަށް އަންގާފައިވާ ކަމަށެވެ.

ނާޝިޒު އެގޮތަށް ވިދާޅުވުމާއެކު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، މި ބައްދަލުވުމަށް ބޭނުންވާ އެންމެ މުހިއްމު ދެ ބޭފުޅުންނަކީ، ބިޑް ކޮމެޓީގެ ޗެއާރ އާއި ފައިނޭންޝަލް އެގްޒެކެޓިވް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، މައްސަލައާ ގުޅޭ ހުރިހާ ލިޔުމެއް އަދި ލިބިފައިނުވާ ކަމަށެވެ. އެގޮތުން، ވެންޓިލޭޓަރުތައް ގަތުމަށް އެއްބަސްވި އެގްރީމެންޓާއި ޑަބްލިޔުއެޗްއޯއާއެކު ހިންގާފައިވާ ލިޔެކިޔުންތައް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް ކޮމެޓީއަށް އެ ލިޔެކިޔުންތައް ވެސް ލިބިފައިނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު ވިދާޅުވީ، އަންގާރަ ދުވަހު ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، އެލިޔެކިޔުންތައް ކޮމެޓީއަށް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.

ޏާޝިޒު ވިދާޅުވީ، އަންގާރަ ދުވަހު ބާއްވާ ކޮމެޓީއަށް ކަމާގުޅޭ ލިޔެކިޔުންތަކާއި، ކލަމާބެހޭ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމުގެ މަސައްކަތް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށް ހެލްތު މިނިސްޓްރީއަށް މަޖިލީހުގެ އިދާރާއިން ދަންނަވާފައިވާ ދެންނެވުމަށް ހެލްތު މިނިސްޓްރީން މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީގައި ކޮމިޓީ ބައްދަލުވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން މިނިސްޓްރީގެ 10 ބޭފުޅަކު ހާޒިރުވާނެކަމަށް ވަނީ ބުނެފައެވެ.

އޭގެތެރޭގައި ހިމެނެނީ ޑެޕިޔުޓީ މިނިސްޓަރ ކަމުގައި ތިއްބެވި އަބޫބަކުރު އަބްދުލްކަރީމް އާއި ނިޝާމާ މުހައްމަދު އެވެ. އަދި ޕާރމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާ، ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް އާއި ތަސްލީމާ އެވެ. އަދި ލީގަލް އޮފިސަރުންގެ މަގާމުގައި ތިއްބެވި އަލީ ޝިހާމް އާއި އަހުމަދު އަސްލަމް އާއި ފައިނޭންޝަލް އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އަސްލަމްވެސް ކޮމިޓީއަށް ހާޒިރުވާނެކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރ ފާތުމަތު ލިމްޔާ އާއި އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ ހާޝިމް އަބޫބަކުރުވެސް ކޮމިޓީއަށް ހާޒިރުވާ ބޭފުޅުންގެ ތެރޭގައި ހިމެނެއެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ހެލްތު މިނިސްޓަރ ވަނީ މިމައްސަލަ ބަލާ ނިމެންދެން އަމިއްލައަށް މަސައްކަތުން އެކަހެރިވެވަޑައިގަންފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް