Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރުގައި އުޅުނު މީހުންނަށް ފިޔަވަޅު އެޅުން

މިހާތަނަށް ބޭރުގައި އުޅުނު 2500ށް ވުރެން ގިނަ ޒުވާނުންނަށް ފިޔަވަޅު އަޅައިފި

މީގެ ތެރެއިން ބައެއް މީހުން ތަކުރާރުކޮށް ބޭރުގައި އުޅޭކަން ފާހަގަވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 03:47
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

އޮގަސްޓު މަހުގެ މިހާތަނަށް ކާފިއު ގަޑީގައި ބޭރުގައި އުޅުނު 2500ށްވުރެ ގިނަ ޒުވާނުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެލްތު އިރމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޑެންޓެންޓް އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކާފިއު އިއުލާނުކޮށް، ވަކި ވަގުތެއްގައި ބޭރަށް ދިއުން މަނާކުރުމާއެކު ބޭރަށް ނުކުމެ އުޅޭ އެއް އުމުރު ފުރައެއްގެ މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އޮގަސްޓް ހަތަރު ވަނަ ދުވަހުން ފެށިގެން އޮގަސްޓް 23 ވަނަ ދުވަހުގެ ނިޔަލަށް ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 18 އަހަރާއި 41 އަހަރާއި ދެމެދުގެ 2869 މީހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އުމުރުން 41 އަހަރާއި 65 އަހާރާއި ދެމެދުގެ 291 މީހަކަށް ފުލުހުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އުމުރުން 18 އަހަރުން ދަށުގެ 87 ކުއްޖަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ކާފިއު ވަގުތު ބޭރުގައި އުޅެގެން ފިޔަވަޅު އަޅާފައިވަނީ ދެ މީހަކަށެވެ.

ފުލުހުން ވަނީ އޮގަސްޓް 23 ވަނަ ދުވަހުގެ ނިޔަލަށް ކާފިއު ގަޑީ ބޭރުގައި އުޅުނު 3249 މީހުންނަށް ފިޔަވަޅު އަޅާފައިއެވެ.

ޝަރީފް ވަނީ މިގޮތަށް އެޓެންޑު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުންނަށް ތަކުރާރުކޮށް އެޓެންޑްވާން ޖެހޭ ކަމަށް ފާހަގަކޮށް، 354 މީހުންނަށް ދެ ފަހަރު އެޓެންޑްކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. އަދި 79 މީހަކަށް ތިން ފަހަރު އެޓެންޑުކޮށްފައިވާއިރު، 24 މީހަކަށް ހަތަރު ފަހަރު، އަށް މީހަކަށް ފަސް ފަހަރު، ދެ މީހަކަށް ހަ ފަހަރު އަދި އެކަކަށް ހަތް ފަހަރުމަތިން އެޓެންޑުކޮށްފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
16 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
13 މާރިޗު 2017

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު