Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ

14 އެޕްރީލު 2017 | ހުކުރު 18:52

އިތުރު ހިދުމަތްތައް ތަޢާރަފް ކުރުމަށް ދަނީ މަސައްކަތް ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 އެޕްރީލު 2017 | ހުކުރު 18:52
އިންދަރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

އިންދަރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

އިންދަރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެމުން ގެންދާ ހިދުމަތް އިތުރުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގައި އާ ތިން ކްލިނިކެއް ހުޅުވުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިއޖީއެމްއެޗްގެ 22 ވަނަ އަހަރީ ދުވަހާއި އަދި ސިއްޙީ ހިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލުން ދެމުން ގެންދާތާ 69 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އިތުރު ހިދުމަތްތަކެއް އެ ހޮސްޕިޓަލުން ތަޢާރަފް ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އައިޖީއެމްއެޗް އިން އަލަށް ހުޅުވި ތިން ކްލިނިކަކަކީ

1 ރީނަލް ޓްރާންސްޕްލާންޓް ކްލިނިކް

2 ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ކްލިމިކް

3 ކުންފުނިތަކާއި އޮފީސް އަދި އެންޖީއޯތަކުގެ މުވައްޒަފުން ރަހިމްގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް

ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ރީނަލް ޓްރާންސްޕްލާންޓް ކްލިނިކްއަކީ ކްޑްނީ ބަދަލު ކުރެވިފަިއވާ މީހުން ޑޮކްޓަރަށް ދެއްކުމާއި އަދި ޓްރާންސްޕްލާންޓާ ގުޅޭ ކަންކަމުގައި ޑޮކްޓަރާއި މަޝްވަރާކޮށް ލަފާ ހޯދޭނެ ކްލިނިކެކެވެ. އަދި މި ކްލިނިކަށް ދެއްކުމަށް ރަޖިސްޓްރީ ކުރަން ފަށާނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށާއި އަދި ކްލިނިކް ފެށުމަށް ހަމަޖެހިފައި ވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 އެޕްރީލްގައެވެ. އަދި މި ކްލިނިކުން ހަފްތާއަކު އެއްފަހަރު ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުންފުނިތަކާއި އޮފީސް އަދި އެންޖީއޯތަކުގެ މުވައްޒަފުން ރަހިމްގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް ދޭ ހަފްތާއަކު އެއް ދުވަހު ކުންފުނި ނުވަތަ އޮފީހަކަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ގޮސްގެން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެި އތުރުން އައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާރު ވެސް އެ ހޮސްޕިޓަލުން ދެމުން ގެންދާ އެސްއެމްއެސް މެދުވެރިކޮށް ލެބޯޓްރީ ރިޕޯޓް ނިމުމުން އަންގައި ދިނުމުގެ ހިދުމަތުގެ އިތުރުން ލެބޯޓްރީ ރިޕޯޓް ނިމުމުން އީމެއިން މެދުވެރިކޮށް ފޯރުވައި ދިނުމުގެ ހިދުމަތް ވެސް ވަނީ ތަޢާރަފް ކޮށްފައެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް ރިޕޯޓް ބޭނުންވާނަމަ އީމެއިން އެޑްރެސް ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށާއި އަދި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލް އަށް ރިޕޯޓް ނިމުމުން އޮޓަމެޓިކުން ފޮނުވޭނެ ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް