Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމްރާއަށް ދިޔުމުގެ ރައްކާތެެރިކަމުގެ އުސޫލުތައް

އުމްރާއަށް ދާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭގޮތަށް ނިންމައިފި

އުމްރާގެ އަޅުކަމަށް ދާއިރު އެންޓިޖެން ޓެސްޓް އަދި ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 އޯގަސްޓު 2022 | ބުދަ 02:05
އުމްރާގެ އަޅުކަމަށް ހުޅުވާލުން

އުމްރާގެ އަޅުކަމަށް ހުޅުވާލުން

މިއަހަރު އުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތްތަކުން ކޮވިޑް-19ގެ ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީއާ ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައިވަނީ ޕީސީއާރު ޓެސްޓު ވެސް އަދި ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އުމްރާއަށްދާ ފަރާތްތަކުން ހަދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކޮވިޑު ޖެހިއްޖެ ހާލަތެއްގައި ބޭސްފަރުވާއަށް އިންޝުއަރެންސް އަދިވެސް މަޖުބޫރު ކަމަށް ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށްދާ ފަރާތްތަކަށް އެ ޤައުމުގައި އެންމެ ގިނަވެގެން ހޭދަ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ 90 ދުވަހެވެ. މި މުއްދަތުގައި އެ ފަރާތްތަކަށް މައްކާ އާއި މަދިނާ އަދި ސައުދީގެ އެހެނިހެން ސިޓީތަކުގައި އެއްވެސް ހުރަހެއް ނެތި އުޅެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު އުމްރާއަށްދާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޯޓަލެއްވެސް ސައުދީން ވަނީ ތައާރަފުކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް އުމްރާ ވިސާއަށް އެދެވޭނެ ކަމަށާއި އުމްރާއަށް ދާ ފަރާތްތަކުން އަމަލު ކުރަންވާ ގޮތުގެ މައުލޫމާތު ވެސް ލިބޭނެއެވެ.

މިފަހަރުގެ އުމްރާގައި ވެކްސިން ނުޖަހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުދީ ގެޒެޓުން ވަނީ ރިޕޯޓްކޮށްފައެވެ. މި ފުރުސަތު ލިބޭނީ ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ކޮވިޑު ޖެހިފައި ނުވާ މީހުންނާއި ބަލި ޖެހިފައިވާ މީހަކާ ބައްދަލުވެފައި ނުވާ މީހުންނަށް ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އުމްރާގެ އަޅުކަންސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
12 ޑިސެމްބަރު 2024

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
10 އޮކްޓޯބަރު 2024

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ
24 ޖުލައި 2024

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ކާމިޔާބުކަމާއެކު ދަތުރު ނިންމާލައިފި

24 ޖުލައި 2024
ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ކާމިޔާބުކަމާއެކު ދަތުރު ނިންމާލައިފި
24 ޖޫން 2024

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު