Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ސްކޫލް ކުދިން ބުރުގާ އެޅުން

ސްކޫލަށް ދާއިރު ބުރުގާ އެޅުމާމެދު އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ގޮތެއް ނުނިންމި!

15 އޮކްޓޯބަރު 2022 | ހޮނިހިރު 05:42

ސުޕްރީމް ކޯޓުގެ ހުކުމް އިއްވައިގެން ނޫނީ ހައިކޯޓުގެ ނިންމުމަކަށް އެއްވެސް އަސަރެއް ނުކުރާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އޮކްޓޯބަރު 2022 | ހޮނިހިރު 05:42
ސްކޫލް ކުދިންތަކެއް ބުރުގާ އަޅައިގެން

ސްކޫލް ކުދިންތަކެއް ބުރުގާ އަޅައިގެން

އިންޑިއާގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުމުގެ މައްސަލާގައި، އެކަން ބަލަމުން ދިޔަ ޕެނަލަށް ގޮތެއް ނިންމިފައި ނުވާކަމަށާއި، އަދި މިހާރު އެ މައްސަލަ ވަނީ އުއްތަމަފަނޑިޔާރަށް ފޮނުވާފައި ކަމަށް، މައްސަލަ ބަލަމުން ދިޔަ ޕެނަލުން އޮކްޓޯބަރު 13 ވީ ބުރާސްފަތި ދުވަހު ބުނެފިއެވެ.

ނަތީޖާއެއްގެ ގޮތުން، ސްކޫލްތަކުގައި ކިޔަވާ ކުދިން ބުރުގާ އެޅުން މަނާކުރުމަށް މި ވަގުތު ނެރެފައި އޮތް އަމުރު އެގޮތުގައި ބާއްވާނެއެވެ.

ސްކޫލްތަކަށް ކިޔަވަން ދާ އިރު، ދަރިވަރުން ބުރުގާ އެޅުން މަނާކުރުމަށް އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ސަރުކާރުން ނިންމީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެ ނިންމުމާއެކު އިންޑިއާގެ މުސްލިމުންގެ އާބާދީން ވަނީ އިންތިހާއަށް ނުރުހުން ފާޅުކޮށް، ވަރުގަދަ މުޒާހަރާތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

މުސްލިމު ދަރިވަރުން ކުރިއަށްގެންދިޔަ މުޒާހަރާތަކަށް ރައްދު ދިނުމުގެ ގޮތުން ހިންދޫ ދަރިވަރުންވެސް ވަނީ އެ ދީނުގެ ޝިއާރަށް ހިތްވަރުދޭ ސްކާފެއް ބޭނުންކޮށްގެން މުޒާހަރާކޮށްފައެވެ. ނަރޭންދްރާ މޯދީގެ ބޮޑުވަޒީރު ކަމުގައި، އިންޑިއާގައި މިހާރު އޮތް ހިންދޫ ނޭޝަނަލިސްޓް ސަރުކާރުގައި، މުސްލިމުން ހަވާސާ ކުރުމުގެ ޝަކުވާއާއި ދައުވާއަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އިންޑިއާގެ އާބާދީގެ ނިސްބަތުން ބައިމަދު މުސްލިމުން މިހާ ނިކަމެތިކުރި ސަރުކާރެއް އެ ގައުމުގެ ތާރީޚު ނުދެކޭކަމަށްވެސް ބުނެއެވެ.

ސްކޫލްތަކުގައި ބުރުގާ ބޭނުން ކުރުމުގައި އުފެދިފައިވާ ދެބަސްވުންތަކުގައި އިންޑިއާގެ ގާނޫނީ ދާއިރާގެ ރައުޔުވެސް އެއްގަލަކަށް އެރުވޭ ގޮތް ވަނީ ނުވެފައެވެ.

ސުޕްރީމް ކޯޓުގެ ޕެނަލުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރު، ހިމާންތު ގުޕްތާ ވިދާޅުވީ، ބުރުގާ އެޅުން މަނާކުރުމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލައްވަން އޭނާ ބޭނުންފުޅުވާކަމަށެވެ. ނަމަވެސް އޭނާއާއެކުގައި ދެން މަސައްކަތް ކުރައްވާ ފަނޑިޔާރު، ސުދާންޝޫ ދޫލިއާ ވަނީ، ހިޖާބަކީ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލެވިފައި އޮންނަ އެއްޗަކަށް ވާންޖެހޭކަމަށް ވިދާޅުވެފައެވެ.

ކަން މިހާރު ގޮސްފައިވާ ހިސާބުން، މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މިހާރަށްވުރެ ބޮޑު ބެންޗެއް އެކުލަވާލައްވަން، އިންޑިއާގެ އުއްތަމަފަނޑިޔާރަށް ޖެހިވަޑައިގަންނަވާނެއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ގައުމީ ފެންވަރުގައި ތަންފީޒުކުރަންޖެހޭ އަމުރެކެވެ.

މުސްލިމުންނަކީ އިންޑިއާގެ އާބާދީއަށް ބަލާއިރު އެންމެ ބައި މަދު ގުރޫޕެވެ. 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި މުސްލިމުންގެ ހިއްސާއަކީ 13 ޕަސެންޓްއެވެ. އަޣުލަބިއްޔަތު އޮންނަނީ ހިންދޫންނަށެވެ.

އިންޑިއާގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުންއިންޑިއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް