Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓެކްނިކަލް ޑިރެކްޓަރަކަށް ޑުންގާ

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ޑުންގާ ޝަރީފަށް

އެފްއޭއެމުން ޖުޑާން ވަކިކުރަން ނިންމީ މުސާރަ ކުޑަކުރަން އެއްބަސްނުވުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2020 | އާދީއްތަ 07:44
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ހަވާލުވި އަޙްމަދު ޝަރީފް (ޑުންގާ)

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ހަވާލުވި އަޙްމަދު ޝަރީފް (ޑުންގާ)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަޙްމަދު ޝަރީފް (ޑުންގާ) އާ ހަވާލުކޮށްފިއެވެ.

މީގެ ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާކުރަމުން އައީ އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ ޖުޑާން އަލީއެވެ. އެކަމަކު އޭނާ މަގާމުން ދާދި ފަހުން ވަކިކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން އެފްއޭއެމްގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާއިރު، މުސާރަ ކުޑަކުރަން ޖުޑާން އެއްބަސްނުވުމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑާންއަށް މަހު މުސާރައިގެ ގޮތުގައި ސްޕޮންސަރެއް މެދުވެރިކޮށް ލިބޭ ފައިސާއިން މަހަކު 9،000 ޑޮލަރު ދިނުމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ޖުޑާންއާއެކު އެފްއޭއެމުން މަޝްވަރާ ކޮށްފައިވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށްވާ 4،500 ޑޮލަރު ދިނުމަށެވެ. އެކަމަކު އެ މަޝްވަރާތައް ކާމިޔާބުނުވެ ދިގުލައިގެން ދިޔުމުން އޭނާ މަގާމުން ވަކިކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުން ޖުޑާން ވަކިކޮށް، އެ މަގާމު ވަގުތީ ގޮތުން ޑުންގާ ޝަރީފާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެ މަގާމަށް އަލުން މީހާކު ގެނައުމަށް އެއްވެސް މީހަކާއެކު މަޝްވަރާ ކުރަމުން ނުދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ ކޯޗިންގ "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ "ބީ" އިންސްޓްރަކްޓާ ލައިސަންސް ނަގާފައިވާ ޑުންގާ ޝަރީފަކީ އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީގައި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރި ކޯޗެވެ. މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ޑުންގާ ޝަރީފް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުންވެސް ޖާގަ ހޯދާފައެވެ.

ޑުންގާ ޝަރީފް މިހާރު އަންނަނީ އައްޑޫގައި "ޑުންގާ ފުޓްބޯލް އެކެޑަމީ" ގެ ނަމުގައި އެކެޑަމީއެއް ހިންގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު