Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއީއޯސީގެ މަސައްކަތްތައް

އެޗްއީއޯސީގެ މަސައްކަތް ހަރުދަނާ ކުރުމަށް ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

މި ބައްދަލުވުމުގައި އެކްޓިންގ ހެލްތް މިނިސްޓަރ އަސްލަމް ބައިވެރިވެވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޯގަސްޓު 2020 | ހޮނިހިރު 13:54
އެޗްއީއޯސީއާއެކު ނައިބު ރައީސް އިސްވެ ހުންނަވައިގެން ބޭއްވި ބައްދަލުވުން

އެޗްއީއޯސީއާއެކު ނައިބު ރައީސް އިސްވެ ހުންނަވައިގެން ބޭއްވި ބައްދަލުވުން

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އިސްވެ ހުންނަވައިގެން މަޝްވަރާ ކުރައްވައިފިއެވެ.

ނައިބު ރައީސް އެޗްއީއޯސީގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ އެޗްއީއޯސީ އަލުން އަޕްގްރޭޑް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްމާ ރަފީގު ހާމަކުރައްވާފައިވަނިކޮށެވެ. ލޮކްޑައުންއަށްފަހު މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދިން ލުއިތަކާއެކު ރާއްޖެއިން ފެންނަ ކޭސްތައް އިންތިހާއަށް އިތުރުވެފައިވާ އިރު، އެޗްއީއޯސީގެ މަސައްކަތް ފުޅާކުރުމާ މެދު ދަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ.

ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނި އެޗްއީއޯސީގެ މަސައްކަތް ހަރުދަނާ ކުރުމަށް ނައިބު ރައީސް ފައިސަލް އިސްވެ ހުންނަވައިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެޗްއީއޯސީގެ ކަންކަން ބެލެހެއްޓެވުމާއި ނައިބު ރައީސް ސީދާ ހަވާލުވެވަޑައިގެންނެވި ކަމެއް ސާފެއް ނޫނެވެ. ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެނުމާއެކު އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ނަމުގައި ސެންޓަރެއް އުފައްދާ މަސައްކަތް ފެށުނެވެ. އަދި ބަލިމަޑުކަމާއި ދެކޮޅަށް ކުރި މަސައްކަތަށް ކާމިޔާބީ ލިބި ފަހުން އެ ސެންޓަރުގެ މަސައްކަތައްތައް އެޗްއީއޯސީގެ ދަށަށް ބަދަލުކުރެވުނެވެ.

އެންއީއޯސީ އުވާލާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މަސައްކަތައްތައް ހެލްތް މިނިސްޓްރީގެ ދަށުން އެޗްއީއޯސީން ދަނީ ބަލަހައްޓަމުންނެވެ. އެޗްއީއޯސީ އަޕްގްރޭޑް ކުރުމުގެ އިޝާރާތެއް ކޮށްފައިވާއިރު، އެ ސެންޓަރުގައި މަސައްކަތް ކުރުމަށް ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ދަނި ކުރަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ލުއިތައް ދިން ފަހުން 4182 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެދުވަހު 278 މީހަކު ޕޮޒިޓިވްވި ކަމަށް ޑޭޝް ބޯޑުން ދައްކައެވެ. އަދި އޭގެ ކުރިން މި މަހުގެ 2 ވަނަ ދުވަހު 243 މީހަކު ޕޮޒިޓިވްވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު