Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ކަންބޮޑުވުންތައް

މަސްވެރިންނަށް މިދިޔަ 16 ދުވަހުގެ ފައިސާ އޮތީ ނުދެވި، މާދަމާ ދޫކުރަން ފަށާނަން: މިފްކޯ

22 އޯގަސްޓު 2020 | ހޮނިހިރު 09:14

41 މިލިއަނާއި ގާތްކުރާ އަދަދަކަށް ފައިސާ ނުދެވި އެބަހުރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 22 އޯގަސްޓު 2020 | ހޮނިހިރު 09:14
މަސްދޯންޏެއް ކަނޑުމަތީ މަސްވެރިކަން ކުރަނީ

މަސްދޯންޏެއް ކަނޑުމަތީ މަސްވެރިކަން ކުރަނީ

މިދިޔަ 16 ދުވަހުގެ ފައިސާ މަސްވެރިންނަށް ނުދެވި އެބަހުރި ކަމަށާއި އެ ފައިސާ މާދަމާއިން ފެށިގެން ދޫކުރާނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ކޫއްޑޫގައި މަސްވެރިންގެ ބަޔަކު އިހުތިޖާޖުކުރުމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައުޒީ ވިދާޅުވީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ބޭރު ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ވެއްޓިފައިވާކަމަށާއި، އެކަމަށް ބެލުމެއްނެތި މިފްކޯއިން ދިޔައީ ކުރިންވެސް ގަންނަ އަގުގައި މަސްވެރިން އަތުން މަސްގަންނަމުން ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން، މިހާރު ފައިސާ ނުދެވި ހުރީ މި ހިނގާ އޯގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ 16 ދުވަހުގެ ފައިސާ މާދަމާއިން ފެށިގެން ދޫކުރާނެކަމަށް ފައުޒީ ވިދާޅުވިއެވެ. ކޫއްޑޫގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުވައި ފައުޒީ ވިދާޅުވީ، މިފްކޯއިން އެ ދޯނީގެ މީހުންނާއި މަޝްވަރާ ކުރަމުން ގެންދިއަކަަމަށެވެ. ނަމަވެސް، ހުރިހާ ދުވަހަކަށް ވާ ފައިސާ އެއްކޮށް ދިނުމުން މެނުވީ މުޒާހަރާ ކުރުން ހުއްޓާނުލާނެކަމަށް ބުނި ކަމަށް ފައުޒީ ވިދާޅުވިއެވެ.

16 ދުވަހަށް، 41 މިލިއަނާއި ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ފައިސާދޭން ޖެހޭއިރު، މިފްކޯއަށް ދުވަހުން ދުވަހަށް ފައިސާ ދިނުމުގެ އިންތިޒާމް ކުންފުނީގައި ނެތްކަން ފައުޒީ ފާހަގަކުރެއްވިއެވެ. އެގޮތުން، ގިނަ ދުވަސްތަކެއް ވަންދެން ނަގައިފައި ހުރި ލޯންތައްވެސް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލޯންތައް ދައްކައި ނިމޭނެކަމަށް އަންދާޒާކުރެވެނީ 2022ގައި ކަމަށެވެ. އަދި މަސްވެރިންގެ ދަތިތައް ހައްލުކުރުމަށް އޯވަރޑްރާފްޓް ފެސިލިޓީ ބޭންކްތަކުން ކުންފުންޏަށް ހަމަނުޖެހެނީވެސް އެެ ސަބަބާއި ހުރެކަން އޭނާ ފާހަގަކުރެއްވިއެއެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެޗްޕީއޭގެ މިންގަޑާއި ހިލާފަށް މުޒާހަރާކުރުމަކީ ހިތާމަހުރި ކަމެއްކަމަށާއި އެެއްބައެއްގެ ސަބަބުން ބަލިމަޑުކަން އޮއްވައި ކަމެއް ދިމާވެ ކާރުޙާނާ ހުއްޓާލަން ޖެހިއްޖެނަމަ ހުރިހާ މަސްވެރިންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި މިކަމުގައި ކުރިންވެސް އޮންނަ އުސޫލާއި އެއްގޮތަށް، ދޯންޏަކުން އެއް ބޭފުޅަކު ފޭބުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ނާޒުކު ހާލަތައް ވެއްޓިފައިވާ މި ދަނޑިވަޅުގައި ފައިސާ ދިނުމުގައި ލަސްކަން ހުރިކަން ގަބޫލު ކުރައްވާކަމަށާއި އެކަންކަން ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި، އުސޫލުތަކަށް ބޯ ލަނބައި ކެތްތެރިވުމަށް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް