Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަންގެ މައްސަލަ

ކޮރަޕްޝަން، ހިންގަވާފައި ގައުމުން ބޭރުގައި ދިރިއުޅުއްވި ނަމަވެސް މައްސަލަތައް ބަލާނެ: މެމްބަރު ނާޝިޒު

22 އޯގަސްޓު 2020 | ހޮނިހިރު 07:25

މިސަރުކާރު ގެނައީ އިންސާފު ހޯދައިދިނުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޯގަސްޓު 2020 | ހޮނިހިރު 07:25
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ އިސް ބޭފުޅުން ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފަ، ގައުމުން ބޭރުގައި ދިރިއުޅުއްވި ނަމަވެސް އެމައްސަލަތައް ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ނާޝިޒް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައީ އިންސާފު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިންސާފު ހޯދައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މިސަރުކާރުން ފަސް ނުޖެހޭނެ ކަމަށް މެމްބަރު ނާޝިޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރު ނާޝިޒް ވިދާޅުވީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ އިތުރުން ކުރީ ސަރުކާރުގެ މުއައްސަސާތައް ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭއިރު، ބައެއް ބޭފުޅުން މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖޭއިން ބޭރުގައި ކަމަށެވެ. އެ ބޭފުޅުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވި ނަމަވެސް މިސަރުކާރުން އެމައްސަލަތައް ބަލާ ތަހުގީގު ކުރާނެ ކަމަށް މެމްބަރު ނާޝިޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެބޭފުޅުން ރާއްޖެއަށް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިސަރުކާރުން ކުރާނެ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ނާޝިޒް ވިދާޅުވީ މިސަރުކާރުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާ ކަމަށްވާނަމަ ނުވަތަ ހިޔާނާތުގެ މައްސަލައެއް އުޅޭ ކަމަށްވާނަމަ އެމައްސަލައެއް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މެމްބަރު ނާޝިޒް ވިދާޅުވީ މިހާރު އޮޑިޓަރ ޖެނަރަލް މަސައްކަތްތައް ކުރަމުން ގެންދަވަނީ ވަރަށް މިނިވަންކަމާއެކު ކަމަށާއި، ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެކަހަލަ ކަމަަކަށް ފުރުސަތު ވެސް ނުދޭނެ ކަމަށް މެމްބަރު ނާޝިޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަށް އަލިއަޅުވާލައްވާ މެމްބަރު ނާޝިޒް ވިދާޅުވީ ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ނަންތައް ކުރިއަށް އޮތްތަނުގައި ހާމަ ކުރާނެ ކަމަށެވެ. ނަމަވެސް ނަންތައް ހާމަކުރާނީ ވަރަށް ބޮޑަށް ހުރިހާ ކަމެއް ތަހުގީގު ކުރުމަށްފަހު ކަމަށް މެމްބަރު ނާޝިޒު ވިދާޅުވިއެވެ.

މެމްބަރު ނާޝިޒް ވިދާޅުވީ ބޮޑު މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ވަގުތު ނަގާނެ ކަމަށެވެ. އަދި މިމަަސައްކަތް ކުރުމަށް އިތުރަށް ވަގުތު ބޭނުންވާކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

20 މާރިޗު 2017
މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް