Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޖަރުމަނުގެ ޙާލަތު

ފާއިތުވި 5 މަސް ތެރޭގައި އިތުރު ނުވާ ވަރަށް ޖަރުމަނުން ޕޮޒިޓިވް ކޭސްތައް އިތުރުވެއްޖެ

21 އޯގަސްޓު 2020 | ހުކުރު 00:21

ޖަރުމަނުގައި ވައިރަސްއަށް ޓެސްޓް ކުރާ މިންވަރުވެސް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުކޮށްފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޯގަސްޓު 2020 | ހުކުރު 00:21
ފާއިތުވި 24 ގަޑިއިރުވެސް ޖަރުމަނުން 1700ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވޭ

ފާއިތުވި 24 ގަޑިއިރުވެސް ޖަރުމަނުން 1700ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވޭ

ފާއިތުވި 5 މަސް ތެރޭގައި އިތުރު ނުވާ ވަރަށް ޖަރުމަނުވިލާތުން ޕޮޒިޓިވް ކޭސްތައް އިތުރުވެއްޖެއެވެ.

ޖަރުމަނުގެ ސަރުކާރާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، އޭޕްރީލް މަހަށް ފަހު ޖަރުމަނުގައި އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓް ކުރެވުނީ މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި ޖަރުމަނާއި، ސްޕެއިންގެ އިތުރުން އެ ސަރަޙައްދުގެ ބައެއް އެހެން ޤައުމުތަކުން ވެސް ފެންނަމުންދާ ކޭސްތައް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement - worldAdvertisement

ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގައި ވައިރަސް އަށް ޓެސްޓް ކުރާ މިންވަރު ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި ވެސް 875،000ށް ވުރެ ގިނަ މީހުން ޓެސްޓް ކޮށްފައިވާ ކަމަށް ރޮބަރޓް ކޮޗް އިންސްޓިޓިއުޓާ ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ޖަރުމަނުގައި ފެނުނު ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވި ހަމައެކަނި ސަބަބަކީ އެއީ ނޫން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އެކި ޤައުމުތަކަށް ދިޔަ މީހުން އަނބުރާ އައުމާއި، އިޖުތިމާއީ ގައިދުރު ކަމަށް ސަމާލުކަން ނުދިނުން އެކަމުގެ ސަބަބެއްގެ ގޮތުން ފާހަގަ ކުރެއެވެ.

ފާއިތުވި 24 ގަޑިއިރު ވެސް ޖަރުމަނުން 1700ށް ވުރެ ގިނަ ކޭސް ރިޕޯޓް ކުރެވިފައިވާއިރު، އެ ޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 228،261 އެވެ. އަދި ކޮވިޑް-19 ޖެހިގެން އެ ޤައުމުން 9253 މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް