Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމުން ބޭލްއަށް ފާރަލުން

ޓޮޓެންހަމުން އަނެއްކާވެސް ބޭލްއަށް ފާރަލަނީ

20 އޯގަސްޓު 2020 | ބުރާސްފަތި 13:59

މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބޭ

އަތޫފް އާތިފް
އަތޫފް އާތިފް | 20 އޯގަސްޓު 2020 | ބުރާސްފަތި 13:59
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމް ހޮޓްސްޕާއިން އަނެއްކާވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިންވެސް ބޭލް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ކޮށްފައިވާއިރު، މިފަހަރު ބޭލް ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ބޭލް ހޯދުމަށް މަސައްކަތް ކުރަނީ އޭނާ އަކީ އެ ޓީމާއެކު ނަތީޖާ ނެރެވޭނެ އަދި އެ ޓީމުގެ ކުޅުން އެންމެ ރަނގަޅަށް އެނގޭނެ ކުޅުންތެރިޔެއް ކަމަށް މޮރީނިއޯ ގަބޫލުކުރާތީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބޭލް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުންވެސް އޭނާއަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ޔުވެންޓަސް އާއި ޕީއެސްޖީވެސް ހިމެނެއެވެ.

ބޭލް ހޯދުމަށް ޓޯޓެންހަމުން މަސައްކަތް ކުރަމުން އައި ނަމަވެސް، މީގެ ކުރިން ބޭލް އޭޖެންޓް ވަނީ އޭނާ އަނބުރާ ޓޮޓެންހަމަށް ބަދަލުނުވާނެ ކަމަށް ބުނެފައެވެ. އަދި އަންނަ ސީޒަނުގައިވެސް ބޭލް ފެންނާނީ ރެއާލްގެ ސްކޮޑުން ކަމަށާއި، ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަމަކު މި ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ބޭލްއަށް ޖާގައެއް ނުލިބެއެވެ. ރެއާލަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ވަނީ 2022 ގެ ނިޔަލަށް އާކޮށްފައެވެ.

މި ފަހުން ރެއާލުން ކުޅުނު މެޗުތަކުގައި ބޭލްއަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، އޭނާ ބެންޗުގައި އިނދެ ނިދުމުގެ އިތުރުން މި ނޫންވެސް އެކިއެކި ކަންކަން ކުރަމުން އަންނާތީ ރެއާލްގެ ސަޕޯޓަރުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ބޭލް މައްސަލައިގައި ރެއާލްގެ ސަޕޯޓަރުންވެސް ވަނީ އޭނާ ރެއާލް ދޫކޮށްލުމަށް ގޮވާލާފައެވެ.

މި ސީޒަނުގައި ބޭލް ރެއާލްގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ. މީގެ ކުރިން ރެއާލްގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލްއާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލްއަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
21 މެއި 2017

ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ

21 މެއި 2017
ދަގަނޑޭ އަނެއްކާވެސް ނިއުރޭޑިއަންޓާ ގުޅިއްޖެ
09 މެއި 2017

ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް

09 މެއި 2017
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
01 މެއި 2017

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް