Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއަރޕޯޓްގެ މޫވްމަންޓް

ޖުލައި މަހުގެ ފަހު 15ށްވުރެ އޮގަސްޓް މަހުގެ ފުރަތަމަ 15ގައި ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު ދެ ގުނަ އިތުރު

20 އޯގަސްޓު 2020 | ބުރާސްފަތި 07:22

ބޯޑަރު އަލުން ހުޅުވީ ޖުލައި 15ގައި، ޖުލައި މަހުގެ ނިޔަލަށް 1700 ފަރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 އޯގަސްޓު 2020 | ބުރާސްފަތި 07:22
މިދިއަ ޖުލައި 15ގައި ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއައި ފުރަތަމަ ފްލައިޓުން ފަސިންޖަރުން ފައިބަނީ--

މިދިއަ ޖުލައި 15ގައި ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއައި ފުރަތަމަ ފްލައިޓުން ފަސިންޖަރުން ފައިބަނީ--

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޮޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއެކު އެ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިން އަދަދަށްވުރެ ދެ ގުނަ ފަތުރުވެރިން މި އޮގަސްޓް މަހުގެ ފުރަތަމަ 15 ގައި ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޖެނެރަލް މެނޭޖަރ، ޓަރމިނަލް އޮޕަރޭޝަންސް، އިބްރާހީމް ހުސައިން ވިދާޅުވީ، ބޮޑަރު އަލުން ހުޅުވާލުމާއެކު ޖުލައި މަހުގެ 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ 1،700 ފަތުރުވެރިން ކަމަށެވެ. އަދި މި އޮގަސްޓް މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް 3،400 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު މިއީ ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން، ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލުމާއެކު އޮގަސްޓް 15 އާ ހަމައަށް ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 5،100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

އިބްރާހީމް ހުސައިން އިތުރަށް ވިދާޅުވީ، މި އޮގަސްޓް މަހުގެ ފުރަތަމަ 15 ގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި ގިނައީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ޒިޔާރަތް ކުރި ފަތުރުވެރިން ކަމަށެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 504 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށެވެ. އަދި އިނގިރޭސިވިލާތުން 421 ފަތުރުވެރިން، އެމެރިކާއިން 336 ފަތުރުވެރިން، ސްޕެއިންއިން 250 ފަތުރުވެރިން، އަދި ރަޝީއާއިން 193 ފަތުރުވެރިން މި މަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އިބްރާހީމް ހުސައިން ވިދާޅުވީ، ކުރިއަތް އޮތްތާނގައި، ރަޝިޔާއާއި ޗައިނާ އަދި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވަރަށް ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިބްރާހީމް ހުސައިން ވިދާޅުވީ ބޯޑަރު އަލުން ހުޅުވާލި ފަހުން، އެވްރެޖްކޮށް ދުވާލަކު ހަތަރު ފްލައިޓް އަންނަ ކަމަށާއި މިއަދަތުތައް ކުރިއަށް އޮތްތަނުގައި އިތުރު ވެގެންދާނެ ކަމަށެވެ. އަދި އެވްރެޖްކޮށް ދުވާލަކު ދެ ނުވަތަ ތިން ޕްރައިވެޓް ޖެޓް އަންނަމުންދާއިރު، މިއަދަދު ވެސް ކުރިއަށް އޮތްތަނުގައި އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވިތާ އެއް މަސް ދުވަސްވީއިރު، އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދަކީ 764 ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހާމަކޮށްފައި ވެއެވެ.

އެމްއޭސީއެލުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 15 އިން މިމަހުގެ 15 އަށް ޖުމްލަ 764 އެއަރ ޓްރެފިކް މޫވްމަންޓު ވަނީ ރެކޯޑުކުރެވިފައެވެ. އެއަރ ޓްރެފިކް މޫވްމަންޓަކީ، އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދާއި އެއަރޕޯޓުން ފުރާފައިވާ ފްލައިޓުތަކުގެ އަދަދެވެ.

ކޮވިޑް-19 ޕެންޑަމިކް އާގުޅިގެން ދުނިޔޭގެ އިގްތިޞާދު ދަށަށް ގޮސް، ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބޮޑެތި ޖޮންޖެހުންތަކެއް ކުރިމަތިވެ، ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު، އަލުން ބައެއް ގައުމުތަކުން ވަނީ ބޯޑަރުތައް ހުޅުވާފައެވެ. އެގޮތުން ކޮވިޑް-19 އާގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިއަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ. އަލުން ބޯޑަރު ހުޅުވީ މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް