Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޖްރީ އައު އަހަރެއް ފެށުން

ކޮވިޑްގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުން: ރައީސް

19 އޯގަސްޓު 2020 | ބުދަ 13:42

"ކޯވިޑް-19"ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން ދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 އޯގަސްޓު 2020 | ބުދަ 13:42
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކޮވިޑްގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށް ރައްޔިތުންގެ އެއްބާރުލުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ހިޖްރީ އައު އަހަރެއް ފެށުމުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ފޮނުވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، "ކޯވިޑް-19"ގެ ބަލިމަޑުކަމުގެ ސަބަބުން، ރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން ދަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އެތައް ބައިވަރު ހުރަސްތަކެއް ކުރިމަތިވެ، ތަރައްޤީގެ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ކޯވިޑް-19"ގެ ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ، ވިޔަފާރި އާއި އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަމަށެވެ. އަދި ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ހަނދާނަށް ގެންނަންވީ، މިފަދަ ނާޒުކު ޙާލަތްތަކުގައި އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް، ހިޖްރައިން ލިބިދޭ މަތިވެރި އިރުޝާދުތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ، ދަތި އުނދަގޫ ޙާލަތްތަކުގައި، ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް، އަޅާލައި އޯގާތެރިވެ އުޅުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން ކަމަށެވެ. މިއަދު ޢަޒުމަކަށް ހަދަންވީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް، ހަރުލެއްވުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވިއިރު، މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ޢިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޙާލަތެއްކަމަށެވެ. ހިޖްރައިން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަންކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެފަދައިން، އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމު ކަންކަމަށާއި، ކުރިއެރުމާއި ތަރައްޤީއަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަންކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖޫން 2019

ޖަޒީރާ ދިރިއުޅުމުގެ މައިގަނޑު ވިސްނުމަކީ ތަރައްގީގެ ކޮންމެ ކަމަކީ ވެސް ދެކޮޅުޖެހޭ ކަމަކަށް ވުން: ރައީސް ނަޝީދު

23 ޖޫން 2019
ޖަޒީރާ ދިރިއުޅުމުގެ މައިގަނޑު ވިސްނުމަކީ ތަރައްގީގެ ކޮންމެ ކަމަކީ ވެސް ދެކޮޅުޖެހޭ ކަމަކަށް ވުން: ރައީސް ނަޝީދު
07 މެއި 2019

އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ ކޯޓާ އިތުރުކޮށް، ހުރަސްތައް ނައްތާލައިފި

07 މެއި 2019
އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ ކޯޓާ އިތުރުކޮށް، ހުރަސްތައް ނައްތާލައިފި
28 ފެބުރުއަރީ 2019

ފުލުހުން ކަފިހި ހުރަސްތައް ބަލަހައްޓަން ފަށައިފި

28 ފެބުރުއަރީ 2019
ފުލުހުން ކަފިހި ހުރަސްތައް ބަލަހައްޓަން ފަށައިފި
14 ޖެނުއަރީ 2019

ޕްރައިމަރީގައި ރަށްރަށުގައި ބަހައްޓާ ވޯޓުފޮށިތަކާ ޙަވާލުވާ ފަރާތްތައް ޢާންމުކޮށްފި

14 ޖެނުއަރީ 2019
ޕްރައިމަރީގައި ރަށްރަށުގައި ބަހައްޓާ ވޯޓުފޮށިތަކާ ޙަވާލުވާ ފަރާތްތައް ޢާންމުކޮށްފި
10 ނޮވެމްބަރު 2018

ރައީސް ނަޝީދު ދިއްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވައި، އުއްމީދު އާ ކޮށްދެއްވައިފި

10 ނޮވެމްބަރު 2018
ރައީސް ނަޝީދު ދިއްދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވައި، އުއްމީދު އާ ކޮށްދެއްވައިފި
11 ސެޕްޓެމްބަރު 2018

ވިޔަފާރިވެރިންނަށް އޮތް ހުރަސްތައް ނައްތާލާނަން: ފައިސަލް

11 ސެޕްޓެމްބަރު 2018
ވިޔަފާރިވެރިންނަށް އޮތް ހުރަސްތައް ނައްތާލާނަން: ފައިސަލް
18 ޖޫން 2018

ޝަކުވާ ހުށަހަޅަން ހުރަސްތައް ހުރުމުން އެމްޑީޕީ އިން އީސީއާ މަޝްވަރާކޮށްފި

18 ޖޫން 2018
ޝަކުވާ ހުށަހަޅަން ހުރަސްތައް ހުރުމުން އެމްޑީޕީ އިން އީސީއާ މަޝްވަރާކޮށްފި
10 ޖޫން 2018

ވޯޓާރސް ލިސްޓު ޢާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

10 ޖޫން 2018
ވޯޓާރސް ލިސްޓު ޢާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
07 މެއި 2018

ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ބައެއް ގެތަކަށް

07 މެއި 2018
ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ރައީސް ޔާމީންގެ އަނބިކަނބަލުން ބައެއް ގެތަކަށް
05 އޮކްޓޯބަރު 2017

ދިރިއުޅުމުގެ ހައްގު ނެތް ތަނެއްގައި ރައްޔިތުން ބޭނުންވާނެ އިތުރު އެއްވެސް އެއްޗެއް ނޯންނާނެ: ހިސާން

05 އޮކްޓޯބަރު 2017
ދިރިއުޅުމުގެ ހައްގު  ނެތް ތަނެއްގައި ރައްޔިތުން ބޭނުންވާނެ އިތުރު އެއްވެސް އެއްޗެއް ނޯންނާނެ: ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް