Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯޓާ އިތުރުކުރުން

އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ ކޯޓާ އިތުރުކޮށް، ހުރަސްތައް ނައްތާލައިފި

ހުރިހާ އެއްޗެއްގެ ކޯޓާ ވަނީ ބޮޑު ތަނުން އިތުރުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 7 މެއި 2019 | އަންގާރަ 19:20
ކުރިޔާ އަޅާ ބަލާއިރު ބޮޑު ތަނުން ކޯޓާ ވަނީ އިތުރު ކޮށްފައި

ކުރިޔާ އަޅާ ބަލާއިރު ބޮޑު ތަނުން ކޯޓާ ވަނީ އިތުރު ކޮށްފައި

އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް އެތެރެ ކުރާ ބައެއް ބާވަތްތަކުގެ ކޯޓާ ބޮޑު ތަނުން އިތުރުކޮށް، އެތަކެތި އެތެރެކުރުމަށް އޮތް ހުރަސްތައް ނައްތާލައިފިއެވެ.

ނިމިގެން ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އިން ވަނީ ރާއްޖެ އަށް އެތެރެ ކުރާ ކާޑުގެ ގިނަ ބާވަތްތަކުގެ ކޯޓާ ވަރަށް ބޮޑު ތަނުން ކުޑަ ކޮށްފައެވެ. އޭރު އެންމެ ކުޑަ ކޮށްފައި ވަނީ ފިޔަ އާއި ފުށް އެތެރެކުރުމަށް ދޫކުރާ ކޯޓާއެވެ.

އިންޑިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ފޮރިން ޓްރޭޑް އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ވަކި ބާވަތެއްގެ ތަކެތި ކޯޓާ ނަގައިގެން ވަކި ވަރަކަށް އެތެރެކުރެވެން އޮތް ފިޔަވަޅު ނައްތާލައި ވަކި ކޯޓާއެއް ނުނަގައި އެއްޗެހި އެތެރެ ކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

''އިންޑިއާއާ ރާއްޖެއާ ދެމެދު ވެފައިވާ 20-2019 ޓްރޭޑް އެގްރީމެންޓްގެ ދަށުން އިންޑިއާ އިން އެކްސްޕޯޓް ކުރާ އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، މުގު، ބިސް ފަދަ ތަކެތިގެ ހުއްދަ ވަނީ ދީފައި،'' ޑިރެކްޓަރ ޖެނެރަލް އޮފް ފޮރިން ޓްރޭޑް ނެރުނު ބަޔާނެއްގައި ބުނެއެވެ.

އަލުވި 15،492.36 (ފަނަރަހާސް ހަތަރު ސަތޭކަ ދޭއް. ތިރީސް ހަ) މެޓްރިކް ޓަނާއި ފިޔާގެ އެކްސްޕޯޓަށް 25،744.26 (ފަންސަވީސް ހަތް ސަތޭކަ ސާޅީސް ހަތަރު. ސައްބީސް) ޓަނާއި ހަނޑުލަށް 89،454.22 (އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރު. ބާވީސް) ޓަނާއި އަދި ފުށަށް 78،612.26 (ހަތްދިހަ އަށް ހާސް ހަސަތޭކަ ބާރަ. ސައްބީސް) ޓަނުގެ އިތުރުން ހަކުރަށް 46،444.74 (ސާޅީސް ހަ ހާސް ހަތަރު ސަތޭކަ ސާޅީސް ހަތަރު. ހަތްދިހަ ހަތަރު) ޓަނު އަދި 161.65 ޓަނު އަދި 307،885،069 (ތިންސަތޭކަ ހަތް މިލިއަން އަށްލައްކަ އަށްޑިހަ ފަސް ހާސް ފަސްދޮޅަސް ނުވަ) ބިހުގެ ކޯޓާ އިންޑިއާ އިން ވަނީ ރާއްޖެ އަށް ދޫކޮށްފައެވެ. މި އަދަދަކީ 19-2018 އަހަރު ދޫކުރި ކޯޓާއާ އަޅައި ބަލާއިރު ބޮޑު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 68.1 މިލިއަން ރުފިޔާގެ މުދަލެވެ.

ކުރިން ރާއްޖެ އަށް އަލުވި އެކްސްޕޯޓްކުރުމަށް ދޫކޮށްފައި ވަނީ 5،308.7 (ފަސްހާސް ތިންސަތޭކަ އަށެއް. ހަތެއް) މެޓްރިކް ޓަނެވެ. ފިޔާ އެކްޕޯޓްކުރަން 9892.03 (ނުވަހާސް އަށް ސަތޭކަ ނުވަދިހަ ދޭއް. ސުމެއް ތިނެއް) ޓަނު، ހަނޑުލަށް 946.1 ޓަނު، ފުށަށް 338.47 މެޓްރިކް ޓަނުގެ އިތުރުން ހަކުރަށް 31.59 މެޓްރިކް ޓަނެވެ. އެއީ ގާތްގަނޑަކަށް 26.5 މިލިއަން ރުފިޔާގެ މުދަލެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެތެރެކުރާނެ ތަކެތީގެ މިންވަރު ކަނޑައަޅަނީ 1981 ވަނަ އަހަރުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ. ދެގައުމުގެ ދެމެދުގައި ހެދިފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ކޯޓާ ކަނޑައަޅާނީ އިންޑިއާ ސަރުކާރުން ކަމަށާއި އެހެން ނަމަވެސް ތަކެތި އެތެރެ ކުރުމުގައި ކޯޓާ ކަނޑައެޅުމުގައި މާކެޓުގައި ތަކެތި ހުރި މިންވަރާއި ރާއްޖެއިން އެތަކެތި ބޭނުންވާ މިންވަރަށް ބަލަންޖެހޭނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު