Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޝަކުވާ ހުށަހަޅަން ހުރަސްތައް ހުރުމުން އެމްޑީޕީ އިން އީސީއާ މަޝްވަރާކޮށްފި

18 ޖޫން 2018 | ހޯމަ 08:27

ޝަކުވާތައް އެއްކޮަށް ހުށަހަޅަން ފުރުސަތު ދޭން އުޅުނު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 ޖޫން 2018 | ހޯމަ 08:27
އިލެކްޝަންސް ކޮމިޝަނާ އެކު އެމްޑީޕީން ބޭއްވި މަޝްވަރާ ބައްދަލުވުން

އިލެކްޝަންސް ކޮމިޝަނާ އެކު އެމްޑީޕީން ބޭއްވި މަޝްވަރާ ބައްދަލުވުން

ސެޕްޓެމްބަރު މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ހުރި ދަތިތައް ހައްލުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެމްޑީޕީން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ ބައެއް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެ ކޮމިޝަނުން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލުމާތު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމު ތައްޔާރުކޮށްފައި ވަނީ ޕާޓީތަކުން ޝަކުވާ ހުށަހެޅޭ ގޮތަށް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ޝަކުވާ ފޯމާ އެކު ހުށަހަޅަންޖެހޭ ގޮތަށް މަޖުބޫރުކޮށްފައިވާ ސަޕޯޓިން ޑޮކިއުމަންޓްތަކަކީ ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި އެއްކުރެވޭނެ ލިޔުންތަކެއް ނޫން ކަމަށެވެ.

"ސަޕޯޓިން ޑޮކިއުމަންޓް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވޭ. މިސާލަކަށް ނިޔާވެފައިވާ ފަރާތެއް ވަކި ގެއަކުން، އައިޑެންޓިފައި ކުރެވުނީ އެފަދަ ހާލަތެއްގައި އެ މީހަކީ މަރުވެފައިވާ މީހެއްކަން ޔަގީންކޮށް ދިނުމަށްޓަކައި ބޭނުންވާ މަރު ފޯމް ނުވަތަ އެ އޮންނަ ލިޔުމެއް، އެ ގޮތަށް އެ ޑޮކިއުމަންޓުތައް ހޯދުމަކީ ފަސޭހަ ކަމަކަށް ނުއެއްވޭ. ޝަކުވާ ހުށަހަޅަންޖެހޭ މީހާގެ މައިންބަފައިގެން މައުލޫމާތު ވެސް ހުށަހަޅަންޖެހޭ. އެވަރަށް އެބަ ލިޔަންޖެހޭ. އެފަދަ މައުލުމާތުތައް ހޯދައިގެން އެކަން ކުރަން ވަރަށް ދަތިވޭ. މި މުއްދަތުގެ ތެރޭގައި،" އަސްލަމް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓާ ގުޅޭ ގޮތުން އެމްޑީޕީއަށް ޝަކުވާ ލިބެމުންދާ ކަމަށް އިޝާރާތްކޮށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ އެމްޑީޕީއަށް ލިބިފައިވާ ޝަކުވާތައް ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި އެއްކޮށް ހުށަހެޅޭނެ ގޮތެއް ހަދައި ދިނުމަށް އީސީގައި އެދިފައިވާނެ ކަމަށެވެ.

އީސީގައި ބޭއްވި ބައްދަލުވުމަށް ފަހު އެ ކޮމިޝަނުން ނުކުމެވަޑައިގެން ދެއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އަލީ ނިޔާޒު ވިދާޅުވީ އައިޑީކާޑުގެ ނަމްބަރު ނުހިމަނައި ވޯޓާސް ލިސްޓް އާންމުކޮށްފައި ވާތީ، އެކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އައިޑީކާޑުގެ ނަމްބަރު ނުހިމެނުމުން މައްސަލަ ދިމާވެދާނެ ކަމަށާއި އެގޮތުން އައިޑީކާޑުގެ ނަމްބަރު ވޯޓާސް ލިސްޓްގައި ނުބައިކޮށް އޮވެއްޖެ ނަމަ އެކަން ރަނގަޅު ކުރެވޭނެ ގޮތެއް މިހާރު އާންމުކޮށްފައިވާ ލިސްޓުން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އައިޑީކާޑު [ނަމްބަރު] ނެތި ކިހިނެއްތޯ އިނގޭނީ މީހެއް ނަން ރިޕީޓުވެފަ އިންތޯ؟ އެހެން ގެއެއްގައި ރަޖިސްޓްރީވެފައި އޮއްތޯ. އެބޭފުޅުން ވެސް އެބަ ގަބޫލު ކުރައްވާ އައިޑީކާޑުގައި ވެސް މައްސަލަ ހުރެދާނެ ކަމަށް. ކިހިނެއްތޯ އިނގޭނީ އައިޑީކާޑު ނަމްބަރު ނޭނގި އަޑީކާޑުގައި މައްސަލައެއް ހުރެދާނެކަން ވެސް،" ނިޔާޒު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 263,183 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ނިސްބަތް ނުވަ ޕަސެންޓަށް އިތުރުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި އަލަށް 24،000 ވުރެ ގިނަ ޒުވާނުން ވޯޓުލާނެއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 10އަށް ހަމަވާނެއެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން 10 ދުވަހަށް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް