Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ވިޔަފާރިވެރިންނަށް އޮތް ހުރަސްތައް ނައްތާލާނަން: ފައިސަލް

ތ އަތޮޅުގައި ރިސޯޓް ތަރައްގީކޮށް ފަތުރުވެރިކަން ކުރިއަރުވާނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2018 | އަންގާރަ 17:57
ވިލުފުށީގައި ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ

ވިލުފުށީގައި ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ވެރިކަމުގައި ވިޔަފާރިވެރިންނަން އޮތް ހުރަސްތައް ނައްތާލެކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތ އަތޮޅު ވިލުފުށީގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މިއަދު ގިނަ ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ހިދުމަތް ލިބިގަތުމަށް ދަތިތަކާއި ކުރިމަތިވުން ކަމުގައި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިދުމަތް ހޯދުމަށް ސިޓީ ފޮނުވާ އެތަކެއް ދުވަސް ވުމުން ވެސް، ޖަވާބު ނުލިބޭކަމަށް ވިޔަފާރިވެރިން ބުނާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭގޮތަށް މަގު ފަހިކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ތ އަތޮޅުގެ ގިނަ ރަށްތައް މީގެ ކުރިން ރިސޯޓު ތަރައްގީކުރުމަށް ދޫކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް އެރަށްތަކުގެ ރިސޯޓް ތަރައްގީ ނުކުރާކަމަށް ފައިސަލް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ތ އަތޮޅުގައި ރިސޯޓް ގާއިމްކޮށް ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ވިލުފުށީ ޒުވާނުންނަށް ގޯތި ދޫކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ތ އަތޮޅުގެ ގިނަ ރަށްތަކުގެ ސުކޫލުތަކުގައި ތައުލީމީ ދިނުމަށް އެންމެ އެދެވޭ ވަސީލަތްތައް ނެތްކަމަށާއި، ވިލުފުށީ ސުކޫލްގައި ޕްރިންސިޕަލް އެއް ނެތްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ވިލުފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ވިލުފުށީގައި ޒަމާނީ ފެންވަރުގެ ބޮޑު ފުޓްބޯޅަ ދަނޑެއް ގާއިމްކޮށްދޭނެ ކަމަށެވެ. އަދި ތ އަތޮޅަށް އެމަނިކުފާން ކުރެއްވި ދަތުރުފުޅުން ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާކަން އެ ރައްޔިތުންގެ މޫނުމަތިން ހާމަވާކަމަށް ފައިސަލް ވިދާޅުވިއެވެ.

ވިލުފުށީގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިއިރު، އެރަށަށް ފައިސަލް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންވާފަވެއެވެ.

ފައިސަލް ތ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ހޯމަ ދުވަހު އެމަނިކުފާން ވަނީ ކަނޑޫދޫއަށާއި، ހިރިލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންޑޫގެ އިތުރުން ކިނބިދޫއަށް ވަޑައިގެންފައެވެ. ހޯމަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާ ބާއްވާފައި ވަނީ ކިނބިދޫގައެވެ. އެއަށްފަހު އަންގާރަ ދުވަހު ފައިސަލް ވަނީ ތިމަރަފުއްޓަށާއި، ގާދިއްފުށި، ގުރައިދޫ، ދިޔަމިގިލި އަދި މަޑިފުއްޓަށާއި ބުރުނީއަށް ވަޑައިގެންފައެވެ.

ދެ ދުވަހުގެ ތެރޭގައި ފައިސަލް ޖުމްލަ 13 ރަށަކަށް ވަޑައިގެންނެވިރު، މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރާ ދެ ވަނަ ކެމްޕެއިން ދަތުރެވެ. ފައިސަލް ތ. އަތޮޅުގެ ހުރިހާ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގެންނެވިއިރު، އިބޫ ވަނީ ނިމިދިޔަ މަހުގެ ތެރޭގައި ތ. އަތޮޅު ރަށްތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު