Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފުރަތަމަ ފަހަރަށް ޕީއެސްޖީ ފައިނަލަށް

19 އޯގަސްޓު 2020 | ބުދަ 00:02

ލެއިޕްޒީގް އަތުން ސެމީގައި ޕީއެސްޖީ މޮޅުވީ 3-0 ން

އަތޫފް އާތިފް
އަތޫފް އާތިފް | 19 އޯގަސްޓު 2020 | ބުދަ 00:02
ލެއިޕްޒީގާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން

ލެއިޕްޒީގާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 3-0 ން

އާރްބީ ލެއިޕްޒީގް ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ކުއާޓާއިން ފެށިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ފައިނަލްގެ ފުރަތަމަ ޖާގާ ޕީއެސްޖީ ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ލެއިޕްޒީގް އަތުން 3-0 ން މޮޅުވެގެނންނެވެ. ޕީއެސްޖީގެ ތާރީޚުގައި މުޅިން އަލަށް އެޓީމު ޗެމްޕިއަންސް ލީގިގެ ފައިނަލަށް ދަތުރުކުރިއިރު، ޕީއެސްޖީ ވެގެންގޮސްފައިވަނީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ކުޅޭނެ ފްރާންސްގެ ފަސްވަަނަ ޓީމަށެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީ ކޮޅު އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެންހެލް ޑިމާރިއާ ހުރަސްކޮށްދިމް ބޯޅައަކުން މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މާކީނިއޯސްއެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި ލެއިޕްޒީގުގެ ގޯލްކީޕަރު ހެދި ގޯހެއްގެ ފައިދާ ނަގާ، ނޭމާ ދިން ޕާހަކުން މި ލަނޑު ކާާމިޔާބުކޮށްދިނީ ޑިމާރިއާއެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ޑިމާރިއާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުއާން ބާނަޓެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 34 މެޗުގައި ލަނޑު ޖަހާ، މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ހަދާފައިވާ ރެކޯޑަކާ އެއްވަރުކޮށްފައެވެ.

ލެއިޕްޒީގް ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ޕީއެސްޖީ ހޯދިއިރު، ފައިނަލްގައި އެޓީމު ވާދަކުރަން ޖެހޭނީ ބުދަ ދުވަހުގެރޭ ބަޔާން މިއުނިކާާއި ލިޔޯން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް